ޚަބަރު

އަޒާން ވަނީ އައްޑޫ އިން އޭނައަށް ފާޑު ކިޔާ ހާހެއްހާ މީހުންގެ ޓްވިޓަރ އެކައުންޓް ތައް ބްލޮކް ކޮށްފައި! އަޒާނަކީ ފާޑު ކިޔުން ހަޖަމް ނުކުރެވޭ ފިނޑި މީހެއް!

ދިޔަވަރު
އަޒާން ވަނީ އައްޑޫ އިން އޭނައަށް ފާޑު ކިޔާ ހާހެއްހާ މީހުންގެ ޓްވިޓަރ އެކައުންޓް ތައް ބްލޮކް ކޮށްފައި! އަޒާނަކީ ފާޑު ކިޔުން ހަޖަމް ނުކުރެވޭ ފިނޑި މީހެއް!

އައްޑުލައިވް ގައި ނޫސްވެރިކަމުގެ މަސައްކަތް ކުރުމުއްދަތަކަށް ކޮށްފައި، ރުމާލު 2 ގެ ނަމުގައި، ފަރުދާގެ ފުރަގަހުގައި ފިނޑިއެއް ހެން ފިލާ ހުރެގެން ރައީސް ޔާމީނުގެ ދުވަސްވަރު، އެމްޑީޕީއަށް ފާޑު ކިޔުމުގައި އަޒާން މަސައްކަތް ކުރިއެވެ. އޭގެ ފަހުން، އަދީބު އަތުން ގިނަ ފައިސާތަކެއް ހޯދައިގެން ރުމާލު2 ގެ ނަމުގައި ޖަގަހައެއް ހޯދައި އެތައް ލައްކަ ރުފިޔާއެއްް އަދީބު އަތުންނާއި، ފާތުމަ އަތުން ހޯދައިގެން ކައިގެން ބޮއެގެން އުޅުނެވެ.

ޓްވިޓަރ ގައި އަޒާން ޓްވީޓް ކުރަނީ އެތައް ހާސް ޓްވިޓަރ އެކައުންޓް ތަކެއް ބްލޮކް ކޮށްގެންނެވެ. އޭގެ ތެރެއިން އައްޑޫއަށް ނިސްބަތްވާ ހާހެއްހާ އަކައުންޓު ހުރުމަކީ އެކަށީގެން ވާ ކަމެކެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ބްލޮކް ކޮށްގެން ޓްވީޓް ކުރާ ލިސްޓުގައި އަޒާންގެ ހިމެނެއެވެ. ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހުންގެ ތެރޭގައި ޓްވިޓަރ ގައި ހަޖަމް ނުކުރެވިގެން އެންމެ ގިނަ މީހުން ބްލޮކް ކޮށްފައިވާ މީހުންގެ ތެރޭގައި، އިސްލާމިކް މިނިސްޓަރ ޝަހީމް އާއި، ޑެޕިއުޓީ މިނިސްޓަރ ޝިއުނާ އާއި، ޝިއުނާގެ ކުރީގެ ލޯބި ވެރިޔާ އަޒާން ހިމެނެއެވެ.

އަޒާން ހަދާ ދޮގުތަކާއި ގުޅިގެން ޓްވިޓަރ ގައި އޭނާއަށް ފާޑު ކިޔުން އަމާޒުވެ، އޭނާ އަކީ ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގަކަށް ނިސްބަތްވާ ނުރައްކާތެރި މީހެއް ކަމަށާއި، މަސްތުވާތަކެތި ވިއްކުމުގައި އޭނާގެ ބައިވެރިވުން ނުހަނު ބޮޑަށް އޮތް ކަމަށް ބުނެ އެތައް ބަޔަކު ޓްވީޓް ކޮށްފައިވެއެވެ. މިއިން އެއްވެސް ފަރާތަކަށް ރައްދު ނުދީ އެމީހުން ވަނީ ބްލޮކް ކޮށްފައެވެ. އަދި އަޒާނާއި މެދު މި ނޫނަސް ނޫސްތަކުގައި ބަޔާން ކުރަން ދަތި ބޮޑެތި ތުހުމަތު ތައް ސޯޝަލް މީޑިޔާގައި ކޮށްފައިވެއެވެ.

އަޒާން އަކީ ފާޑު ކިޔުން ހަޖަމް ނުކުރެވޭ ފިނޑި މީހެކެވެ.