މަގުމަތިން ދަނިކޮށް, ރާއްޖޭގައި އަންހެން ފުޓްބޯޅަ ކުރިއެރުވުމަށްް ގިނަ މަސައްކަތްތަކެއް ކުރައްވާ މަރިޔަމް މުހައްމަދު (މާޔަން) ކަރުގައި އޮތް ރަން ފަށެއް ފޭރިގެންފި އެވެ.
މަގުމަތިން މިގޮތަށް ފޭރުން އާންމު ވެފައިވަނީ، ކުރީގެ ޕީޕީއެމް ސަރުކާރުގައެވެ. އެހަނަސް ރައީސް ސޯލިހްގެ ސަރުކާރުގައި މިކަން ވަނީ ބޮޑުތަނުން މަދުކޮށް، އެއްކޮށްހެން ހުއްޓިފައެވެ. ފޭރުން ގިނަވަމުން ދަނީ ގޭންގްތަކަށް ބާރުތައް ދިނުމުން، ގޭންގް ތަކާއި ގުޅުން ހުންނަ ފަރާތްތަކުން ހިނގާ ކުށްތަކުގެ ތެރެއިންނެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗަށް ދާ ގިނަ ޒުވާން ކުދިންތަކަކީ، ގޭންގް ތަކުން އެކުދިން އެކަންކަމުގެ ތެރެއަށް ރާވައިގެން ވައްދާ ޒުވާނުންނެވެ. އެ ގޭންގް ތަކަށް ސަރުކާރުން އެހީތެރި ވުމަކީ، ޒުވާން ޖީލެއް ސަރުކާރުން ގަސްތުގައި ނައްތާލުމަށް ކުރާ މަސައްކަތެކެވެ.