ޚަބަރު

އިޤްތިޞާދު ގޯހުން ގޯހަށް ގޮސް، ޑޮލަރުގެ ތާށިކަން ބޮޑުވެ ކާޑު ލިމިޓް 25 ޑޮލަރަށް! ރާއްޖެ މިދަނީ ބަނގުރޫޓު ވަމުން.

ދިޔަވަރު
އިޤްތިޞާދު ގޯހުން ގޯހަށް ގޮސް، ޑޮލަރުގެ ތާށިކަން ބޮޑުވެ ކާޑު ލިމިޓް 25 ޑޮލަރަށް! ރާއްޖެ މިދަނީ ބަނގުރޫޓު ވަމުން.

އިގްތިޞާދު ގޯހުން ގޯހަށް މިދާ ގޮތަށް ދާނަމަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިތުރަށް ކުޑަކުރަން އެ ބޭންކުން ނިންމިކަން ކަށަވަރުވެއްޖެ އެވެ.

މި ބަދަލު ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭގައި ބޭންކުން އިއުލާންކޮށް ތަންފީޒު ކުރާނެ ކަމަށް ވެސް ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އޮފިޝަލުން ވިދާޅުވި އެވެ. 

މިއީ މުއިއްޒުގެ ސަރުކާރުގައި އިޤްތިޞާދީ ހިންގުންތެރި ކަމެއް ނެތި، ޑޮލަރު ހޯދޭނެ ފަދަ ޚާރިޖީ ސިޔާސަތެއް ނެތުމުން މެދުވެރިވެގެން އުޅޭ ހާލަތެކެވެ.