ވޯލްޑް ގަވަމަންޓް ސަމިޓަށް ޑުބާއީ އަށް 19 މިނިސްޓަރުން ހިމެނޭހެން 48 މީހުންގެ ވަފްދެއް މިއަދު ރައީސުލް ޖުމްހޫރިއްޔާ އަރިހު ވަޑައިގެންފިއެވެ. ރާއްޖެ އަކީ މި ސަމިޓަށް އެންމެ ގިނަ ބަޔަކު ގެންދިޔަ ޤައުމު ކަމުގައި މައުލޫމާތު ލިބެއެވެ. މި ސަމިޓުގައި ޑެޕިއުޓީ މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުންގެ ލެވެލްގެ މީހުން ވެސް މުއިއްޒު ޑެލިގޭޝަންގައި ހިމަނާފައިވެއެވެ. މީގެ ތެރެއިން ގިނަ ބަޔަކީ އަލަށް ޑުބާއީ އަށް ވަޑައި ގަންނަވާ ފަރާތްތަކެެވެ.
މި ވަގުތު ރާއްޖޭއިން ޑޮލަރު ލިބުން ދަތިވެ، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ކާބޯތަކެތި ފިހާރަތަކުން ހުސްވަމުން ދާއިރު، ސަރުކާރުގެ އެހީތެރިކަން އިޤްތިޞާދަށް ނުހަނު ބޮޑުވެފައި، މިކަންކަން ރަނގަޅު ކުރުމަށް ހޮވާފައިވާ ސަރުކާރުގެ ގިނަ ބަޔަކު ޑުބާއީ އަށް އެއްވެސް ބޭނުމެއް ނެތި ދިޔުމަކީ، ދިވެހި ރައްޔިތުންނާއި މެދު އެއްވެސް އަޅާލުމެއް މި ސަރުކާރުގައި ނެތްކަން ދައްކުވައިދޭ ކަމެކެވެ.
ރާއްޖެއިން ވަޑައިގަންނަވާ އެއްވެސް މިނިސްޓަރަކު މި ސަމިޓްގައި ވާހަކަ ދެއްކުމަށް ހަމަ ޖެހިފައެއް ނުވެއެވެ،
މުއިއްޒު ވާހަކަ ދެއްކުން ހަމަ ޖެހިފައިވަނީ 13 ފެބްރުއަރީ ވަނަ ދުވަހު 4 ޖަހާ އިރު، 5 ވަރަކަށް މިނުޓަށެވެ. މި ގޮތަށް ވާހަކަ ދައްކަނީ ބައެއް ކުޑަ ޤައުމުތަކުގެ ރައީސުންނެވެ. ބޮޑު އެއްވެސް ޤައުމެއްގެ ރައީސްއެއް މި ސެކްޓަރ ގައި ވާހަކަ އެއް ނުދައްކައެވެ. މުއިއްޒުގެ އިތުރަށް މި ސެކްޓަރ ގައި ވާހަކަ ދައްކަނީ، މަޑަގަސްކަރަ، މޮރިޝަސް، އަދި ސީޝަލްސްގެ ރައީސްއެވެ.