ޚަބަރު

ބިޒްނަސް ކުލާހުގައި ނޫނީ ދެން ދަތުރެއް ނުކުރާނެ ކަމަށް ވިދާޅުވުމަށް ފަހު ޑުބާއީ އަށް ފަސްޓް ކުލާހުގައި ވަޑައިގެންފި! "އެއްވެސް ކަމެއްގައި އަމަލާއި ބަހާއި ދިމާނުވުމަކީ ރައްޔިތުންނަށް ކޮންމެ ފަދަ އަނިޔާއެއްވެސް ދީފާނެ ކަމުގެ ހެއްކެއް" - މިނިސްޓަރެއް

ދިޔަވަރު

ބިޒްނަސް ކުލާހުގައި ދަތުރު ކުރާނެ ކަމަށް ވިދާޅުވުމަށް ފަހު ޑުބާއީ އަށް ފަސްޓް ކުލާހުގައި މުއިއްޒު ދަތުރު ކުރެއްވުމަކީ އެއްވެސް ކަމެއްގައި އަމަލާއި ބަހާއި ދިމާ ނުވާކަން ދައްކުވައިދޭ ކަމެއް ކަމަށް މުއިއްޒުގެ ކެބިނެޓް މިނިސްޓަރެއް ނަން ހާމަ ނުކުރަން އެދި ދިޔަވަރު ނޫހަށް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކޮށްފައި ވަނީ ވަރަށް ކުރު މެސެޖެކެވެ. އެހެން ކަމުން ދަތުރު ކުރިއަށް ދާގޮތުގެ އިތުރު ތަފްސީލެއް މިވަގުތު ލިބިފައި ނުވެއެވެ.

މި ދަތުރުގައި މުއިއްޒުގެ ސަރުކާރުން ބޭކާރު އެތައް ބަޔަކު ބައިވެރިވެފައިވާ އިރު، ރައްޔިތުންގެ ތިބީ ނިކަމެތި ހާލުގައެވެ. އެމީހުންނަށް ބޭރު ދަތުރުގެ އެލަވަންސާއި، އެތައް ޚަރަދެއް ސަރުކާރުން ޑޮލަރުން ކުރަމުންދާއިރު، އާންމު ރައްޔިތުންނަށް ޑޮލަރެއް ނުލިބެއެވެ.

ތިމަންނާ ފަސްޓް ކުލާހުގައި ދަތުރު ނުކުރާނެ ކަމަށް ވިދާޅުވި ފަހުން. ފަސްޓް ކުލާހުގައި ނޫނީ، އެމަނިކުފާނާއި، ނައިބް ރައީސް އަދި ދަތުރެއް ކޮށްފައެއް ނުވެއެވެ. މުއިއްޒަކީ ބަހާއި އަމަލާއި އެއްވެސް ގޮތަކަށް ދިމާނުވާ، އަދި ވިދާޅުވާ ގޮތަކާއި ސީދާ ޚިލާފަށް އަމަލު ބަހައްޓާ ފަރާތެކެވެ. އެހެންކަމުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި ދެކޮޅަށް ކަންކަން ކޮށް ރައްޔިތުންނަށް އިތުރު ނިކަމެތިކަން ލިބިގެން ދާ ވެރިކަމެއް ކަމުގައި ނޫނީ މުއިއްޒުގެ ވެރިކަން ނުވާނެއެވެ.