ހޯލްސޭލް ފިހާރަތަކަށް ޑޮލަރު ލިބުން ތާށިވެ، ކާބޯތަކެތި ފިހާރަ ތަކުން މަދުވާން ފަށައިފި ކަމަށް ބާޒާރު މަތީ 12 ފިހާރައަކުން މައުލޫމާތު ދީފިއެވެ.
މިހާރު ޑޮލަރު ގަންނަން މިޖެހެނީ 19 އަށް ނޫނީ 20 ރުފިޔާއަށް! ގިނަފަހަރު ނުލިބޭ ދެން ލިބޭ ވަރަކަށް ގެނެސްގެން މިކަން ކުރެވޭތޯ މި ބަލަނީ
ދިޔަވަރު ނޫހަށް މައުލޫމާތު ހޯދަން ދިޔަ ފަރާތަށް ފިހާރައެއްގެ ސޭޓު ކިޔައި ދިނެވެ.
މުއިއްޒު މޮޔަވެގެންތަ މިއުޅެނީ. ބަޔަކާއި ލެޑުނަސް މިއީ ފުކެއް ބޮޑުވަރު. ޤައުމުތަކާއި މިވަރަށް ވިއްދައިގެން ކިހިނެއްތަ ޑޮލަރު ވައްދާނީ.
ފިހާރައިގެ ނަން ނުޖެހުމަށް އެދި އެހެން ސޭޓެއް ކިޔައި ދިނެވެ.
މި މީހުން އެބަ ގޮވާ ކޮންމެ ދުވަހަކު ރިކޯޑު މުގުރާފިއޭ، ޓުއަރިސްޓުން އެބަ އާދެއޭ. ތި އަންނަ ބަޔެއް ނަމަ، ޤައުމު ޑޮލަރަކަށް ނުޖެހޭނެ އެންނުން!
ރުޅި އައިސްފައިވާ ވިޔަފާރި ވެރިއަކު ކިޔައިދިނެވެ.
ގިނަ ވިޔަފާރި ވެރިން ތިބީ މުއިއްޒު ދެކެ، އިންތިހާއަށް ރުޅިއައިސްފައި ކަމަށާއި، އެންމެންވެސް ޤަބޫލު ކުރަނީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހީވެސް ނުކުރާހާ ފަހަތަށް ޖެހޭނެ ކަމަށާއި، ޑެޕިއުޓީން ގިނަކޮށް، ދައުލަތުގެ ޚަރަދު ބޮޑުވެ، މުޅި ޤައުމު ފަނާ ވެގެންދާތީ ކަންބޮޑު ވާކަމަށް ވިޔަފާރިވެރި އަކު ކިޔައި ދިނެވެ.
ޤައުމު މިދަނީ ބަނގުރޫޓު ވަމުން ކަމަށާއި، އެމީހަކު އެމީހަކަށް ވީ ވަރަކުން ކޮންމެވެސް އެއްޗެއް ރައްކާ ކުރަން ވީ ކަމަށް ދިޔަވަރަށް މައުލޫމާތު ދިން އެހެން ފަރާތަކުން މާޔޫސް ވެގެން ކިޔައި ދިނެވެ.
އިޤްތިޞާދު ހިނގުމަކީ ޤާބިލު ކަމެއް ހުރެގެން ކުރެވޭނެ ކަމެކެވެ. މުއިއްޒު ބޭނުންވާ ކަމަކީ ވެރިކަމުގެ ބާރުތައް ގަދަކޮށް، ކޮންމެ ހާލެއްގައިވެސް ވެރިކަން ކުރުމެވެ.