ޚަބަރު

25 ރުފިޔާގެ ރޭޓުން ކިރާފައިވާ މަސް، 20 ރުފިޔާގެ ރޭޓަށް ބަދަލުކޮށް، މަސްވެރިންނަށް ދޭން ހުރި ފައިސާއިން ބައެއް އެއްވެސް ގޮތަކަށް ނުދޭން ސަރުކާރުން ނިންމައިފި!

ދިޔަވަރު
25 ރުފިޔާގެ ރޭޓުން ކިރާފައިވާ މަސް، 20 ރުފިޔާގެ ރޭޓަށް ބަދަލުކޮށް، މަސްވެރިންނަށް ދޭން ހުރި ފައިސާއިން ބައެއް އެއްވެސް ގޮތަކަށް ނުދޭން ސަރުކާރުން ނިންމައިފި!

މަސްވެރިންނަށް ކިރާފައިވާ މަހަށް ސަރުކާރު ދަރާފައިވާ އަގު ދިނުމަށް ބޭނުންވާ ފައިސާ ލޯނެއްގެ ގޮތުގައިވެސް ސަރުކާރަށް ލިބުމުގައި ދަތިވެ، އަދި ފަހަރުގައި ލޯނު ލިބުނަސް ބޮޑު ލޯނެއް ނުލިބޭނެ ކަމަށް ބަލައި، 25 ރުފިޔާއަށް ކިރާފައިވާ މަސްވެރިންގެ މަސް 20 ރުފިޔާގެ ރޭޓަށް ބަދަލުކޮށް، މަސްވެރިންނަށް ދަރާފައިވާ ފައިސާއިން ބައެއް ނުދޭން ސަރުކާރުން ނިންމައިފިއެވެ.

އަދި މަޖިލީސް އިންތިހާބު ނިމުމަށްފަހު، މަސް ކިލޯއެއްގެ އަގު 16 ރުފިޔާއަށް ކުޑަ ކުރުމަށް މަޝްވަރާ ކޮށްފިއެވެ. 16 ރުފިޔާއަށް ކިލޯއެއް ކުޑަ ނުކޮށް މިފްކޯއަށް ފައިދާ ނުވާނެ ކަމަށާޢި، މިފްކޯ ގެއްލުމުގައި ހިންގައިގެން މަސްވެރިކަން ރާއްޖޭގައި ކުރުމުގެ ބޭނުމެއް ނެތް ކަމަށް މި މަޝްވަރާތަކުގައި ވާހަކަ ދައްކާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

މަސްވެރިންނަށް ސަރުކާރުން ދަރާފައިވާ ފައިސާ އިއްޔެ އާއި ހަމައަށް 320 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މަސްވެރިންނަށް މިހާ ބޮޑު ދަރަންޏެއް ސަރުކާރުން ދޭންޖެހިފައި އޮތް އިރު، ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މީގެ ކުރިން މަސްވެރިންނަށް ހަމައަށް ފައިސާ ދޫކޮށްފައެވެ.