ޚަބަރު

ބޭންކަށް ޑޮލަރުގެ ތާށިކަން ބޮޑުވީ, މި ސަރުކާރުން ޑޮލަރުގެ ބްލެޓް މާރކެޓް އިތުރަށް ވަރުގަދަ ކުރުމުގެ ސަބަބުން, ބްލެކް މާރކެޓުން އެންމެ ގިނައިން ޑޮލަރު މާރުކުރަމުން ދަނީ ބައެއް ވަޒީރުން!

ދިޔަވަރު
ބޭންކަށް ޑޮލަރުގެ ތާށިކަން ބޮޑުވީ, މި ސަރުކާރުން ޑޮލަރުގެ ބްލެޓް މާރކެޓް އިތުރަށް ވަރުގަދަ ކުރުމުގެ ސަބަބުން, ބްލެކް މާރކެޓުން އެންމެ ގިނައިން ޑޮލަރު މާރުކުރަމުން ދަނީ ބައެއް ވަޒީރުން!

ބޭންކު އޮފް މޯލްޑިވްސްއަށް ޑޮލަރުގެ ތާށިކަން އިންތިހާއަށް ކުރިމަތިވެ, ބޭންކުގެ ކާޑުތަކުން ކުރާ ޑޮލަރުގެ ވިޔަފާރީގެ ލިމިޓް %90 އަށް ދަށްކުރުމަށް ބީއެމްއެލްއަށް މަޖުބޫރުވީ މި ސަރުކާރުގެ މާލީ ސިޔާސަތަށް ހެޔޮ ބަދަލެއް ނައިސް, މިހާރުވެސް އަތް ނުފޯރާފަށަށް ގޮސްފައިވާ ޑޮލަރުގެ ބްލެކް މާރކެޓް އިތުރަށް ވަރުގަދަ ވުމުގެ ސަބަބުން ކަމުގައި "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ބޭންކު އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ބޭންކުގެ އޮފިޝަލު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި ބްލެކް މާރކެޓުން އެންމެ ގިނައިން ޑޮލަރު މާރުކުރާ ފަރާތްތަކުގެ ތެރޭގައި މި ސަރުކާރުގެ ބައެއް ވަޒީރުންވެސް ހިމެނެއެވެ. އަދި އޭނާ ވިދާޅުވީ ބައެއް ވަޒީރުންގެ އިތުރުން, ބައެއް މަހުޖަމުންވެސް, ކަޅު ބާޒާރަށް ޑޮލަރު ނެރެމުންދަނީ, މުޅި މާރކެޓްގެ ކޮންޓްރޯލް އެފަރާތްތަކުގެ އަންމަތީގައި އޮންނަ ގޮތަށް ބަލައިގެން ކަމުގައެވެ.

އެގޮތުން މި ފަރާތްތަކުން, ޑޮލަރު މާރުކުރުމަށް ޑޮލަރު ކަޅު ބާޒާރަށް ނެރެނީ, ޑޮލަަރުގެ ސަޕްލައިން މަދުކޮށް, ޑޮލަރުގެ އަގު އެރުވުމަށްފަހުކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ބޭންކު އޮފިޝަލަކު ވިދާޅުވިއެވެ.

ރާއްޖޭގައި ބްލެކް މާރކެޓްގެ ޑޮލަރުގެ ވިޔަފާރި އިންތިހާއަށް ފުޅާވެ, އަދި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ގޮސްފައިވާއިރު, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބްލެކް މާރކެޓުގައި އެންމެ ގިނައިން ޑޮލަރު މާރުކުރާ ވަޒީރުންގެ ތެރޭގައި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ދަރިފުޅު, އަދި މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރ އިބުރާހިމް ފައިސަލްގެ އިތުރުން, ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި, ރައީސް މުއިއްޒުގެ ވަރަށް އަރިސް ފަރާތެއް ކަމުގައިވާ, މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ރަމީޒްވެސް ހިމެނެއެވެ.

ރާއްޖޭގެ ބްލެކް މާރކެޓްގައި އެންމެ ގިނައިން ޑޮލަރު މާރުކުރާ ފަރާތްތަކުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒު ހިމެނޭއިރު, ބެލެވޭ ގޮތުގައި އޭނާ މާރުކުރަނީ ރައީސް މުއިއްޒުގެ ފައިސާއެވެ.

މާލީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި, ރައީސް މުއިއްޒުގެ މާލީ ސިޔާސަތު ފެއިލްވެ, ރާއްޖެ މިހާރުވަނީ ބަގުރޫޓު ވުމުގެ މަގުމަތީގައެވެ.