ޚަބަރު

ތަމްރީން ކުރުމުގެ ނަމުގައި 20 އިމާމުން އަތުން 20 ހާސް ޑޮލަރު ނެގުމަށް ފަހު، ސަރުކާރުން އަންނަ ހުކުރުގައި އެމީހުން ސައުދީއަށް ފޮނުވަން ނިންމައިފި

ދިޔަވަރު
ތަމްރީން ކުރުމުގެ ނަމުގައި 20 އިމާމުން އަތުން 20 ހާސް ޑޮލަރު ނެގުމަށް ފަހު، ސަރުކާރުން އަންނަ ހުކުރުގައި އެމީހުން ސައުދީއަށް ފޮނުވަން ނިންމައިފި

އިމާމުންނާއި ޚަތީބުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްގެ ދަށުން 20 އިމާމުންނާއި ޚަތީބުން މައްކާއަށް ފޮނުވަން ނިންމައިފި އެވެ. ތަމްރީން ކުރުމުގެ ނަމުގައި 20 އިމާމުން އަތުން 20 ހާސް ޑޮލަރު ނެގުމަށް ފަހު، ސަރުކާރުން އަންނަ ހުކުރުގައި އެމީހުން ސައުދީއަށް ފޮނުވަން މިހާރު ވަނީ ނިންމާފައެވެ.

މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މި އަހަރު ނިމޭއިރު ރާއްޖޭގައި މިހާރު ތިބި ހުރިހާ އިމާމުން ވެސް އެ ޕްރޮގްރާމް ނިންމާފައި ތިބި ބައެއްގެ ގޮތުގައި ހެދުމަކީ މިނިސްޓްރީގެ އަމާޒެއް ކަމުގައި އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ މިނިސްޓްރީން ބުނެ އެވެ.