ޚަބަރު

އިހުސާން ވިދާޅުވަނީ މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ނިޒާމަށް އިތުބާރު ގާއިމް ކުރެވުމުން ކަމަށް, މަރުގެ އަދަބު ތަންފީޒު ކުރުމާއި މުއިއްޒު ދެކޮޅު, ދައްކަނީ ހުސް އުޒުރު, ސަލަފުން ހަނު!

ދިޔަވަރު
އިހުސާން ވިދާޅުވަނީ މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ނިޒާމަށް އިތުބާރު ގާއިމް ކުރެވުމުން ކަމަށް, މަރުގެ އަދަބު ތަންފީޒު ކުރުމާއި މުއިއްޒު ދެކޮޅު, ދައްކަނީ ހުސް އުޒުރު, ސަލަފުން ހަނު!

މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނީ މުޅި އަދުލުގެ ނިޒާމަށް ފުރިހަމަ އިތުބާރު އޮތް ކަން ކަށަވަރު ކުރެވުނު ދުވަހަކުން ކަމުގައި, ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އިހުސާން ވިދާޅުވީ މި ސަރުކާރުގެ ސްޓޭންޑަކީ މަރުގެ އަދަބު ތަންފީޒުކުރުން ކަމަށާއި, އެހެންނަމަވެސް އެކަން ކުރެވޭނީ ނިޒާމަށް އިތުބާރު ކުރެވިގެން ކަމުގައެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭގޮތުން ރާއްޖެ އާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ހުކުމް ކުރެވޭ މީހާއަށް މުޅި އަދުލުގެ ނިޒާމުގެ ތެރެއިން ދޭން ޖެހޭ ހުރިހާ ހައްގެއް ދެވިފައިވޭތޯ ކަށަވަރުކުރުން ކަމަށެވެ.

މުޅި ނިޒާމުގައި ހުންނަން ޖެހޭ ފުރިހަމަކަން ޔަގީން ކުރެވިފައި އެބަ އޮތްތޯ. އަދި އެ ނިޒާމަށް ހުރިހާ އެންމެން ފުރިހަމައަށް އިތުބާރު އޮތްތޯ. އެކަން ޔަގީން ކުރުމަކީ އަޅުގަނޑުމެން ފުރަތަމަ ކުރާނެ ކަމަކީ.

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކޮށްފާނެކަމަށް ސުވާލު އުފެދޭގޮތަށް ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވިއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުން, ޝަރުއީ ނިޒާމުގެ މައްޗަށް އޮތް އިތުބާރާ މަތި ކުރުމަކީ މިހުކުމް ތަންފީ ނުކުރުމަށް ފާއިތުވި ހުރިހާ ސަރުކާރަކުންވެސް ދައްކާފައި އޮތް އުޒުރެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާރުވެސް, ޝަރުއީ އެންމެ ފަހުގެ މަރުހަލާ ކަމުގައިވާ, ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓާފައިވާ ހަތަރު މީހަކު އެބަ ތިއްބެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިއްވި މި ތިން ހުކުމް ތަންފީޒު ކުރުމަށް އެ ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަމެއް ތަންފީޒެއް ނުކުރެވުނެވެ. އެކަމަށް އުސޫލެއް ހަދައި، ދަންޖެއްސުމުގެ ބަދަލުގައި އިންޖެކްޝަން ދީގެން މަރުގެ ހުކުމް ދޭން ވެސް އެ ސަރުކާރުން މަސައްކަތް ކުރި އެވެ.

ރައީސް މުއިއްޒު ފާހަގަ ކުރެވިފައިވަނީ, ވާ ވައުދުތައް ނުފުއްދާ, އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވާ ރައީސެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގެ ޝަރުޢީ ނިޒާމުގެ އިތިބާރުގެ ވާހަކަ މުއިއްޒު ދައްކަވަނީ މިކަމުގައި ދީނީ އިލްމްވެރިންގެ ލޮލުގައި އަނދުން އެޅުވުމުގެ ގޮތުންނެވެ.