ޚަބަރު

ސިމްވާ އަށް ލަންކާ އެމްބަސީއިން ވަޒީފާ ދިނުމުން، ލަންކާގައި މުއިއްޒު ހޮވުމަށް ކެމްޕެއިން ކުރި ފަރާތްތައް ބާކީ ކޮށްފައިވާ ކަމަށް ބުނެ، މުއިއްޒަށް ކެމްޕެއިން ކުރި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި

ދިޔަވަރު
ސިމްވާ އަށް ލަންކާ އެމްބަސީއިން ވަޒީފާ ދިނުމުން، ލަންކާގައި މުއިއްޒު ހޮވުމަށް ކެމްޕެއިން ކުރި ފަރާތްތައް ބާކީ ކޮށްފައިވާ ކަމަށް ބުނެ، މުއިއްޒަށް ކެމްޕެއިން ކުރި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި

ކުރީގެ ޑިމޮކްރެޓްސްގެ އެކްޓިވިސްޓް ސިމްވާރަށް (އަހުމަދު އަންވަރު) ލަންކާ އެމްބަސީއިން ވަޒީފާ ދިނުމުން، ލަންކާގައި މުއިއްޒު ހޮވުމަށް ކެމްޕެއިން ކުރި ފަރާތްތައް ބާކީ ކޮށްފައިވާ ކަމަށް ބުނެ، މުއިއްޒަށް ކެމްޕެއިން ކުރި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، މުއިއްޒާއި މެދު ހިތްހަމަ ނުޖެހިއްޖެއެވެ.

ބައެއް ފަރާތްތައް ވަނީ މިހާރު، މުއިއްޒަށް ކުރި ތާޢީދު އަނބުރާ ގެންގޮސް ރައީސް ޔާމީންގެ ޕާޓީއާއި ނޫނީ އެމްޑީޕީއާއި ގުޅުމަށް ނިންމާފައި ކަމަށް، ލަންކާއިން މުއިއްޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުނު ފަރާތެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައެވެ.

ސިމްވާރަކީ ޕީޕީއެމް އަށް ފާޑު ކިޔާފައިވާ ފަރާތެކެވެ. އަދި މިހާރު ޕީއެންސީގައި ތިބި ގިނަ ބަޔަކާއި ދެކޮޅަށް ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް ޓްވިޓަރގެ އެތައް އެކައުންޓްތަކަކުން ފަތުރާފައިވާ ފަރާތެކެވެ.

ސިމްވާރާއި، އެމްޑީޕީ ލީޑަރޝިޕް އާއި މައްސަލަ ޖެހިފައިވަނީ އޭނާ، އެމްޑީޕީ ސަރުކާރުގައި އެކޮނޮމިކް މިނިސްޓްރީގައި ހުންނަވަނިކޮށެވެ. އޭރު ވަޒީފައި ހުންނެވީ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ގައެވެ. އޭރު ދިމާވި މައްސަލަ ތަކާއި ގުޅިގެން ހެލްތު މިނިސްޓްރީގެ ވަޒީފާއަށް އޭނާ ބަދަލު ވިއެވެ. ހެލްތް މިނިސްޓްރީގައި ހުރެ، އިންތިހާބު ކައިރިވުމުން، ރައީސް ސޯލިހްގެ ސައިޑުގައި ހުރެ، ޓްވީޓް ކޮށް ދިނުމަށް ބޮޑު ޝަރުތެއް އޭނާ ރައީސް ސޯލިހް އަށް ހުށައަޅާފައި ވެއެވެ. ނަމަވެސް އެއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަމުގައި ވާތީ، އެކަން ކޮށްދެވެން ނެތްކަމަށް ރައީސް ސޯލިހްގެ ފަރާތުން ޖަވާބު ލިބުމުން، ޑިމޮކްރެޓްސް އަށް ސިމްވާރު ބަދަލުވި ކަމަށް ސިމްވަރގެ ގާތް އެކުވެރިއެއް ކިޔައި ދިނެވެ.

މި ސަރުކާރުން ސިމްވާރު ލަންކާ އެމްބަސީގެ މަގާމެއް ދީފައިވާއިރު، އެ އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް އައްޔަން ކޮށްފައިވަނީ ގްރޭޑް 4 ގެ ފެންވަރު ހުރި، ފިލްމީ ތަރި އަލީ ސީޒަން އެވެ. އޭނާ މިހާރު ވަނީ މަގާމާ ހަވާލުވެ ލަންކާ އެމްބަސީއަށް ވަޒީފާއަށް ނުކުންނަވަން ފައްޓަވާފަ އެވެ.