ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެ، ރައްޔިތުންގެ ހައްޤުތައްމަތީ އަތް އަޅުއްވައިގެން އިންނެވައިގެން، ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓުމަށް އޮންނަ އިސް މުއައްސަސާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާ މެންބަރުގެ ގޮތުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވެވަޑައިގެންފި އެވެ.
އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުގެ ފަރާތުން މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ ކޮމިޝަނުގައި އިންނެވީ ފަނޑިޔާރު އައިޝާ ޝުޖޫން އެވެ. ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އެ މަސައްކަތް ކުރެއްވުމަށް ހަމަޖެއްސެވިކަން ސުޕްރީމް ކޯޓުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓަކުން އާންމުކުރި އެވެ.
ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިހާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިހާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެ އެވެ.