ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއް ހުޅުވައިފި

ދިޔަވަރު
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއް ހުޅުވައިފި

މަސްވެރިންނަށް މި ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން, ރާއްޖޭގެ ގިނަ މަސްވެރި އާއިލާތައް ހާލުގައި ޖެހިފައިވަނިކޮށް, އަހަރަކަށް 50 މިލިއަން ރުފިޔާ ބަޖެޓް ތުރުކީވިލާތުގައި އާ އެމްބަސީއެއް ރައީސް މުއިއްޒު މިއަދު ހުޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރީ، އެ ގައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތުރުކީގައި ގާއިމުކުރި ދިވެހި އެމްބަސީގެ ޒިންމާގެ ތެރޭގައި ވަނީ 22 ކަމެއް ހިމަނުއްވައިފަ އެވެ.

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ.

މިއަދު ހުޅުވި އާ އެމްބަސީއަށް ގިނަ އަދަދެއްގެ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އޭގެ އަދި އޭގެ ތެރޭގައި ގިނައީވެސް, އިންގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ އެކްޓިވިސްޓުކަމަށްވެސް މައުލޫމާތު ލިބިގައިވެއެވެ.

މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 270 މިލިއަން ރުފިޔާ ދެވޭނެ ގޮތެއް ނެތިގެން މިފްކޯ މޯގޭޖް ކުރުމަށްފަހު ބޮޑު ލޯނެއް ނެގުމަށްވެސް ސަރުކާރުން ނިންމިއެވެ. އެހެންނަމަވެސް މިފްކޯއަކީ މިހާރު ބަގުރޫޓުވެފައިވާ ކުންފުންޏަކަށް ވުމާއެކު, މިފްކޯއަށް އެއްވެސް މާލީ މުވައްސަސާއަކުން ލޯނު ލިބޭގޮތް ވަނީ ނުވެފައެވެ.

އެއާއެކު މިފްކޯ ވިއްކާލުމަށްވެސް ސަރުކާރުން މިހާރުދަނީ ރާއްޖޭގެ ބައެއް މަހުޖަނުންނާ މަޝްވަރާ ކުރަމުންނެވެ.

ރާއްޖޭގެ އެތައް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު މިސަރުކާރުން ދަނީ މުސާރަބޮޑު ސިޔާސީ މަގާމްތައް އުފައްދާ, އެ ތަންތަނަށް އެކްޓިވިސްޓުން ލަމުންނެގެ.