ޚަބަރު

ދުބާއީގައި ބާއްވާ އިންވެސްޓް ފޯރަމްގެ އެންމެ ކުރީ ސަފުގައި އަބުދުއްރަހީމް, އެހެންނަމަވެސް އަބުދުއްރަހީމް އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނާތީ ފޯރަމްގައި ދައްކާ އެއްވެސް ވާހަކައެއް ފަހުމްވާނެ ގޮތެއް ނެތް!

ދިޔަވަރު
ދުބާއީގައި ބާއްވާ އިންވެސްޓް ފޯރަމްގެ އެންމެ ކުރީ ސަފުގައި އަބުދުއްރަހީމް, އެހެންނަމަވެސް އަބުދުއްރަހީމް އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނާތީ ފޯރަމްގައި ދައްކާ އެއްވެސް ވާހަކައެއް ފަހުމްވާނެ ގޮތެއް ނެތް!

ދައުލަތުގެ މާލިއްޔަތުން ބޮޑު ޚަރަދެއް ކޮށްގެން ދުބާއީގައި މިހާރު ކުރިޔަށްދާ އިންވެސްޓް ފޯރަމްގެ އެންމެ ކުރީ ސަފުގައި ތިއްބެވި ޑެލިގޭޓުންގެ ތެރޭގައި, ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް ހިމެނިއްޖެއެވެ.

ކެބިނެޓްގެ ގިނަ ވަޒީރުންނާއި އަދި ކުންފުނިތަކުގެ އިސްވެރިންނާއި އަދި އެނޫންވެސް ގިނަ ބަޔަކު ހިމަނައިގެން އިނގިރޭސިބަހުން ކުރިޔަށްދާ މި ފޯރަމްގެ ޑެލިގޭޓުންގެ އެންމެ ކުރީ ސަފުގައި އަބުދުއްރަހީމް އިންނެވިއިރު, އަބުދުއްރަހީމްއަކީ އިނގިރޭސިބަހުން ލިޔަކިޔަން ނުދަން މީހެއްކަން ފާހަކަ ކޮށްލެވެއެވެ.

އާންމުކޮށް ދުނިޔޭގެ އެހެން ގައުމުތަކުގައި ބާއްވާ ފޯރަމްތަކުގައި އިންޓަރޕްރިޓޭޝަންގެ (ތަރުޖަމާ ކުރުމުގެ) ޚިދުމަތް އިޔަރ ފޯނުގެ ޒަރީއާއިން ފޯރުކޮށް ދެއެވެ. އެހެންނަމަވެސް ދުބާއީގައި ކުރިޔަށްދާ އިންވެސްޓް ފޯރަމް ކުރިޔަށް ދަނީ އިނގިރޭސިބަހުން ކަމަށްވާތީ, އެ ފޯރަމްގައި ދައްކާވާހަކަ ދިވެހި ބަހުން ތަރުޖަމާގެ ކޮށްދެމުންނެއް ނުދެއެވެ.

ބައިނަލްއަގުވާމީ ފޯރަމްތަކުގެ ކުރީސަފުގައި, ރާއްޖެ ތަމްސީލުކުރުމުގެ ގާބިލްކަމެއް ނެތް, އަދި އެއްވެސް ވަރަކަށް އިނގިރޭސިބަހުން ލިޔަންކިޔަން ނުދަންނަ ފަރާތްތައް މިސަރުކާރުން ބައިވެރި ކުރަމުން ދިއުމަކީ ގައުމު ލަދުވެތިވާން ޖެހިފައިވާ ކަމެއްކަމުގައި ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ.

ދުބާއީގައި ކުރިޔަށްދާ އިންވެސްޓް ފޯރަމްއަކީ ދައުލަތުގެ މާލިއްޔަތުން 70 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްދާ އިންވެސްޓް ފޯރަމްއެކެވެ. އެހެންނަމަވެ މި ފޯރަމްގެ ގިނަ ބައިވެރިންނަކީ ދިވެހީންނެވެ.