ޑުބާއީގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމް ދިޔައީ ސުމަކުން ކަމަށާއި، އޭގައި ބައިވެރިވީ ބޭރުގެ އެންމެ 7 ވިޔަފާރިވެރިން ކަމަށް އެ ފޯރަމުގައި މުއިއްޒުގެ އެދި ވަޑައިގަތުމަށް ރާއްޖެއިން ބައިވެރިވި ވިޔަފާރި ވެރިއަކު ހާމަ ކޮށްފިއެވެ.
އެންމެ ދެރައީ، އެއްވެސް ޗެމްބަރ އަކުންވެސް ބައިވެރި ވެފައި ނުވާތީ! ޑުބާއީގެ ބޮޑެތި ވިޔަފާރިތަކާއި، އިންވެސްޓަރުންނާއި ތިބެނީ ޗެމްބަރ ތަކާއި ގުޅިފައި! އެންމެ ޗެމްބަރ އެއްގެ އެންމެ ޗެއަރމަން އެއްވެސް މި ފޯރަމަކަށް ނާދޭ! ވެރީ ޑިސަޕޮއިންޓެޑް!
ރާއްޖެއިން ބައިވެރިވި ވިޔަފާރި ވެރިއަކު ކިޔައި ދިނެވެ.
މި އިންވެސްޓްމެންޓް ފޯރަމަށް އެހާ ފިނި ތަރުހީބެއް ލިބުނީ، ރާއްޖޭގެ ދާޚިލީ ގުޅުންތައް ބޭރު ޤައުމުތަކާއި ގޯސް ވުމުން، ތާޚިލީ ހަމަޖެހުމެއް ފެންނަން ނެތް ކަމުން ކަމަށް އިގްތިޞާދީ ތަޖުރިބާ ކާރުން ވިދާޅުވެއެވެ. ސަރަހައްދީ އެންމެ ބޮޑު އިޤްތިޞާދާއި ދެކޮޅުވެ، ސިޔާސީ ބޭނުމަކަށް ގުޅުންތައް ހީނަރު ކޮށްފައިވާކަން ދުނިޔޭގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އަދި މުއިއްޒު އަޒުލު ކުރުމުގެ މައްސަލަ އޮތީ މެޖޯރިޓީ އޮތް އިނދިކޮޅު ޕާޓީއިން ތައްޔާރު ކޮށްފައި، އެހެންކަމުން ޤައުމުގައި ސިޔާސީ ހަމަޖެހުމެއްވެސް ނެތް ކަން އިންވެސްޓަރުންނަށް އެނގެއެވެ. ކަން މިހެން އޮތުމުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގެއް ބޭރުގެ ޤައުމުތަކުން ނުގެން ގުޅެއެވެ.
ފޯރަމަށް ވަޑައިގެން ބޭރުގެ ކަމުދާ އެންމެ އިންވެސްޓަރެއް ވެސް ނެތުމުން، މުއިއްޒު ހުރީ ހިތްހަމަ ނުޖެހިފައި ކަމުގައި ޚަބަރު ލިބެއެވެ.