މުއިއްޒު ވަނީ މިއަދު، ޔޫއޭއީގެ ގެ ނައިބްރައީސް ޝެއިޚް މުހައްމަދު ބިން ރާޝިދު އާއި ބައްދަލު ކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން، ފޮރިންގ މިނިސްޓަރ ޒަމީރަށް ވުރެ، އިސް ކޮށް، ކުރީގައި އިންނެވީ ރައީސް އޮފީހުގެ މިނިސްޓަރ އަދުރޭއެވެ. މިއީ ބައިނަލްއަޤްވާމީ ހުރިހާ ޕްރޮޓަކޯލް ތަކާއި ޚިލާފު ކަމެކެވެ. އެންމެ ފުރަތަމަ ރައީސްއާއި ޖެހިގެން އިންނަވަން ޖެހޭނީ، ފޮރިންގ މިނިސްޓަރެެވެ.
މި ހާދިސާއައި ގުޅިގެން ކުރިއަށް އޮތްތާގައި، ޔޫއޭއީގެ އެއްވެސް ވެރިއަކު، ފޮރިން މިނިސްޓަރ ޒަމީރަށް އިޚްތިރާމެއް ނުކުރާނެއެވެ. އަދި ރާއްޖޭގެ ފަރާތުން ޑުބާއީގައި ހުންނަ އެމްބަސަޑަރ އަށް އިޚްތިރާމެއް ނުކުރާނެއެވެ. ފޮރިންގ މިނިސްޓަރ އާއި ޖެހިގެން އިތުރު ފަރާތެއް އިންނަ ނަމަ، ޕްރޮޓަކޯލްގެ ދަށުން އަސްލު އެތާ އިންނަވަން ޖެހޭނީ، ރާއްޖޭގެ ފަރާތުން ޑުބާއީ އަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރެކެވެ. އަދުރޭ އަށް ކުޑަމިނުން އިނގިރޭސި ބަސްވެސް ނޭނގޭ އިރު، އެފެންވަރުގެ މީހަކު މިތާ ބެހެއްޓުމަކީ ރާއްޖޭގެ ބާކީތިބި ހުރިހާ ވަޒީރުންނަށް ކުރި މަލާމާތެކެވެ. އަދި މުއިއްޒު ކިތަންމެ ކައިރީގައި ބެހެއްޓިއަސް ލިޔަންކިޔަން ނުދަންނަ މީހަކަށް ދޭހަވާނެ އެއްޗެއް، އަދި ދަސްވާނެ ކަމެއްވެސް ނޯންނާނެއެވެ.
މި މީޓިންގ އަށް އަސްލު އަދުރޭއަށް ވަދެވިގެންވެސް ނުވާނެ! މިއިން ދައްކާދެނީ މުއިއްޒުއަށް ޑިޕްލޮމަސީއާއި، ފޮރިން ރިލޭޝަންސް އާއި، ޕްރޮޓަކޯލްގެ ކަންފުޅެއްވެސް ނޭނގޭކަން!
ފޮރިން މިނިސްޓްރީއިން މިކަން ދިޔަވަރު ނޫހުގެ ސަމާލުކަމަށް ގެނެސްދިން ފަރާތުން ހާމަ ކުރިއެވެ.
މިކަމާއި ގުޅިގެން، މި ފޯރަމަށް ވަޑައިގެން ދިވެހި ވިޔަފާރިވެރިންވެސް، މުއިއްޒަށް ހީ މާލާމާތް ކޮށް ހެދިކަމަށް މައުލޫމާތު ލިބެއެވެ. މުއިއްޒު ދަނީ ބޭރު ދުނިޔޭގައި އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތުން ދިވެހިން ލަދުގަންނަވަމުންނެވެ.
