މުދައްރިސުން އިތުރު ކޮށް ދެއްވައި ތައުލީމީ މަންހަޖަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން މިކަން ކުރަނީ ގައުމަށް ބޭނުންވާ ގާބިލުކަން ކިޔަވާ ނިމޭ ކުދިންގެ ކިބައިގައި އަށަގަންނަވަން ކަމަށް ހާމަކުރި އެވެ.
ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަހާ ގުޅިގެން މިއަދު އެ މަނިކުފާނު ވަނީ ހިތޯބެއް އާންމު ކުރައްވާފަ އެވެ. އެ ހިތޯބުގައި އެ މަނިކުފާު ވިދާޅުވީ ހަރުދަނާ އަހްލާގާއި ތަނަވަސް އިލްމުގެ އިތުރުން ކުޅަދާނަ ހުނަރުވެރިކަން ދަރިވަރުންނަށް ހޯދައި ދެވިއްޖެ ނަމަ ގައުމު ކާމިޔާބީގެ އައްސޭރިއަށް ވާސިލު ވާނެ ކަމަށެވެ.
"... ރާއްޖޭގެ ހިވާގި މުދައްރިސުންނަށް ދަންނަވާލަން ބޭނުންވާ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ މި އަހަރު މުދައްރިސުންގެ ދުވަހުގެ ޝިއާރުން ވެސް އިޝާރާތްކުރާ އެއް މައްސަލަ އެވެ. މުދައްރިސުންގެ އަދަދު މަދުކަމެވެ. މިއީ ރާއްޖެއަށް ވެސް އޮތް މައްސަލަ އެކެވެ. ދެވަނަ ކަމަކީ ކިޔަވައި ނިމިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލެވެ." މުއިއްޒު ވިދާޅުވި އެވެ.
މުއީއްޒުގެ ސަރުކާރެއްގައި ތަޢުލީމީ ނިޒާމަށް ބަދަލުގެނެސް، ނުރަނގަޅު ނުފޫޒުތަކެއް އޭގެތެރެއަށް ވަންނާނެ ކަމުގެ ބިރު އޮތްކަމަށް މީގެ ކުރިންވެސް މީހުންގެ ކަންބޮޑުވުން ވަނީ ފާހަގަ ކޮށްފައެވެ.
ސްކޫލްތަކުގެ ކަރިކިޔުލަމް އަށް ބަދަލުގެންނާނަން: މުއިއްޒު