ޚަބަރު

އިންޑިޔާގެ ބޮޑު ވަޒީރަށް ފުރިހަމަ އިއްޒަތާއި އެކު މަރުހަބާކީ ޔޫއޭއީގެ ރައީސް، މުއިއްޒް ބަލާ ދިޔައީ ފަންޑެއްގެ ޑީޖީއެއް! އިންޑިޔާއާއި ޒާތީވެގަތުމަކީ މުއިއްޒު ހެދި ޚާރިޖީ ބޮޑު ގޯހެއް!

ދިޔަވަރު
އިންޑިޔާގެ ބޮޑު ވަޒީރަށް ފުރިހަމަ އިއްޒަތާއި އެކު މަރުހަބާކީ ޔޫއޭއީގެ ރައީސް، މުއިއްޒް ބަލާ ދިޔައީ ފަންޑެއްގެ ޑީޖީއެއް! އިންޑިޔާއާއި ޒާތީވެގަތުމަކީ މުއިއްޒު ހެދި ޚާރިޖީ ބޮޑު ގޯހެއް!

އިންޑިޔާގެ ބޮޑު ވަޒީރަށް ފުރިހަމަ އިއްޒަތާއި އެކު އެއަރޕޯޓުން މަރުހަބާކީ ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދުއެވެ. ދިވެހިރާއްޖެއިން ހަމަ އެ ސަމިޓަށް (ވޯލްޑް ގަވަމަންޓް ސަމިޓަށް) ވަޑައިގެންވި ރާއްޖޭގެ މިވަގުތު ހުންނެވި ރައީސް ބަލާ އެއަރޕޯޓަށް ދިޔައީ ފަންޑެއްގެ ޑިޖީއެކެވެ. މިއިން ދައްކުވައިދެނީ، ޔޫއޭއީ ސަރުކާރަށް އިންޑިޔާފަދަ ޤައުމެއްގެ މުހިންމު ކަމެވެ. އަދި ރާއްޖެ ޚާރިޖީ ސިޔާސަތުގެ ކޯޅުމަކަށް ވައްޓާލާފައިވާ މުއިއްޒުގެ ސަރުކާރުގެ މުހިންމުކަމެއް، ޔޫއޭއީ އަކަށް ނެތް ކަމެވެ.

ޚާރިޖީ ސިޔާސަތުގައި ހުރިހާ ޤައުމަކާއި ގުޅުން ބަދަހި ކުރަން ޖެހެނީ މިހެންވެއެވެ. ބާރުގަދަ ގައުމުން، ރާއްޖެ ފަދަ ކުޑަ ޤައުމުތަކުގެ އަތުގައި ހިފައި، ބީރައްޓެހި ޤައުމުތަކަށް ގެންގޮސް އެކުވެރި ކަމުގެ ޚާރިޖީ ގުޅުން ބަދަހި ކުރަން ފުރުސަތެއް މުއިއްޒު ފަދަ ވެރިއަކު ހުރެގެން ދިވެހި ސަރުކާރަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އިންޑިޔާއާއި އެކު، މުއިއްޒު ބާއްވާ ގުޅުންމުން، މުއިއްޒުގެ ޚާރިޖީ އަހުލާގު ދަނެގަންނާނެއެވެ. މުއިއްޒު ފަދައިން ގައުމުތަކާއި ޒާތީވެ، ސިޔާސީ ބޭނުމަށް ޤައުމުތަކާއި އޮތް ގުޅުން ކަނޑާލާނީ ވަރަށް ނާގާބިލް ދަށު ދަރަޖައިގެ ވެރިން ކަމުގައި މުޅި ދުނިޔޭގެ ހުރިހާ ލީޑަރުންވެސް ޤަބޫލު ކުރެއެވެ. އެކަން ފެންނާނީ ޑިޕްލޮމެޓިކް ބަސް މަގުންނެވެ. މި ފެންނަ މަންޒަރަކީ އޭގެ ކުޑަ މިސާލެކެވެ.

ސައުދީއިން ވެސް، މުއިއްޒް ވަނީ ބާކީ ކޮށްފައެވެ. ޔޫއޭއީއަށް ފުރަމާނަ ދަތުރަކަށް އެދިގެން އުޅޭތާ 80 ދުވަސް ވެއްޖެއެވެ. އެއްވެސް ޖަވާބެއް ނުލިބި، ދައުވަތު ދިނީ ސަމިޓަކަށެވެ.

މުއިއްޒު ޑުބާއީ އަށް ކުރި ދަތުރަކީ ބޮޑު ނާކާމިޔާބެކެވެ. މޮޅު ކެއުމާއި، މޮޅު ހޮޓެލް ތަކާއި، މޮޅު ޝޮޕިންގ މޯލްތަކުގައި ޝޮޕިންގ ކޮށްލުން ފިޔަވައި ދެން މި ދަތުރުގައި ފެންނަން އޮތީ ނިކަމެތި ވެރިއެއްގެ ނިކަމެތި ހާލާއިގެން ތެޅިފޮޅޭ މަންޒަރެވެ.