މި ސަރުކާރުން އިންތިޒާމް ކޮށްގެން, ދުބާއީގެ ބުރުޖު އަލް އަރަބްގައި އިއްޔެ ފެށި އިންވެސްޓް ފޯރަމަށް, ދުބާއީން ވިޔަފާރަވެރިން ހާޒިރު ނުވުމާއެކު, ރައީސް މުއިއްޒު ކޯފާ އިސްކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ދުނިޔޭގެ އެހެން ގައުމުތަކުގައި އިންތިޒާމްކުރާ މިފަދަ އިވެންޓްތައް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވާގޮތަށް ހަމަޖެހިފައި އޮންނަނީ އެގައުމެއްގައި ހުންނަ ދިވެހި އެމްބަސީންނެވެ. އެހެންނަމަވެސް ޔުއޭއީގައި ހުންނަ ދިވެހި އެމްބަސީއަށް, މި ފޯރަމަށް ވިޔަފާރަވެރިންނާއި އިންވެސްޓަރުން ގެންދިއުުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށް "ދިޔަވަރި އޮންލައިން" އާއި ވާހަކަ ދެކެވި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު މައުލޫމާތު ދީފައި ވެއެވެ.
އޮފިޝަލް ވިދާޅުވީ ރައީސް ކޯފާ އިސްކުރައްވާ އެންމެ ބޮޑަށް ފާޑު ވިދާޅުވީ ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީއާއި ހަވާލުވެ "ޗާރޖް ޑީ އެފެއާޒް"ގެ މަގާމުގައި ހުންނެވި މުންދުއަށެވެ.
ރައީސް ކޯފާވެ މުންދު އެއްވެސް ރަސް މީ ބައްދަލުވުމެއްގައިވެސް ބައިވެރިއެއް ނުކުރައްވާ.
އޮފިޝަލް ވިދާޅުވިއެވެ.
ހަމަ އެއާއެކު, މި ފޯރަމް ބާއްވަމުންދާ ކުޑަ ހޯލްގައި ޖަހާފައިވާ ގިނަ ގޮނޑިތައް މުޅި ފޯރަމްގައިވެސް ހުރީ ހުސްކޮށްކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިއްޖެއެވެ. އަދި އެ ފޮޓޯތައްވެސް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރު ވަމުންނެވެ.
ފޯރަމްގައި ބައިވެރިވަމުންދާ ބައިވެރިޔަކު ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ގޮތުގައި, މި ފޯރަމްގެ ފެށުމުގެ ރަސްމިއްޔާތަށްފަހު ދެން ކުރިޔަށްދިޔަ އެއްވެސް ސެޝަނެއްގައި ދުބާއީގެ އެއްވެސް ވިޔަފާރަވެރިޔަކު ބައިވެރި ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި, ބޭއްވި ބައެއް ޕެންލް ޑިސްކަޝަންތަކުގައި ދުބާއީގެ ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ އިސްބައެއް ވެރިން ވަނީ ބައިވެރިވެ މައުލޫމާތު ދީފައެވެ.
އަދި އިތުރަށް އިންވެސްޓް ފޯރަމުގެ ބައެއް ޑިސްކަޝަންތައް އަޑު އެހުމަށް 7 ވިޔަފާރިވެރިއަކު ދިޔަކަމަށް މައުލޫމާތު ދެމުން އޭނާ ވިދާޅުވީ, އެ 7 މީހުންނަކީ އާދައިގެން 7 ކުންފުންޏެއްގެ ސޭލްސް ރެޕްރެސެންޓޭޓިވްސްއިން ކަމުގައެވެ.
ބޮޑު ޚަރަދެއް ކޮށްގެން މި ފޯރަމް ދުބާއީގެ އެންމެ ހައިއެންޑް އެވެނިއުއެއްގައި މިބާއްވަނީ ކީއްވެގެން ކަމެއް އެއްގޮތަކަށްވެސް ނޭގޭ. މާލޭ ސްޓެލްކޯގެ ހޯލްގައިވެސް މި ބައްދަލުވުން ބޭއްވިދާނެ.
ދުބާއީގައި ކުރިޔަށްދާ އިންވެސްޓް ފޯރަމަށް އެކޮޅަށް ވަޑައިގެން ހުންނެވި ރާއްޖޭގެ ވިޔަފާރަވެރިއަކު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިންވެސްޓް ފޯރަމަށް ވަޑައިގެންނެވީ ޑުބާއިއަށް ދިޔަ، 48 މީހުންގެ ބޮޑު ވަފުދަކާ އެކިއެވެ. މި 48 މީހުންނަށް އެލަވަންސްގެ ގޮތުގައި އެކަނި 2,343,840 ރުފިޔާ، ޑޮލަރުން ސަރުކާރުން ދީފައިވާކަމަށް ވަނީ އެނގިފައެވެ.
”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން ރައީސް އޮފީހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޑުބާއީ އަށް ދިޔަ ދަތުރުގައި 6 ދުވަހުގެ އެލަވަންސް ނަގާފައިވާ ކަމަށާއި، ބައެއް މިނިސްޓަރުންނާއި، ސްޓޭޓް މިނިސްޓަރުން، ސަމިޓް ނިމުމުން އެއަށްވުރެ ގިނަދުވަސްވަންދެން ޑުބާއީގައި މަޑު ކުރާތީ، އެ މީހުންނަށްވެސް އެ ދުވަސްތަކަށް ވެސް ފައިސާ ދީފައި ވަނީ ޑޮލަރުންނެވެ.
އޭގެ އިތުރަށް ފޯރަމް ބާއްވަނީ ދުބާއީގެ އެންމެ އަގުބޮޑު އެވެނިއުގައި ކަމަށް ވުމާއެކު އެތަނުގެ ޚަރަދާއި, ދިޔަ މީހުން ދަތުރު ފަތުރާއި, އެކޮމޮޑޭޝަންއާއި ފަރިއްކޮޅުތަކާއި, ރިސެޕްޝަންތަކާއި, ރައީސްގެ ޚަރަދުތަކާއި އެކު, މި ފޯރަމް ބޭއްވުމަށް ދައުލަތުގެ މާލިއްޔަތުން ބޮޑު ހޭދައެއް ކޮށްފައިވާކަމަށްވެސް ރައީސް އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.