ޚަބަރު

ހައްދުފަހަނައެޅި ޤައުމިއްޔަތު މިނިސްޓަރު އެދިގެން 30،000ރ. މުސާރާގައި 10 "ވިލަރެސްވެރިން" ނަގަނީ

ދިޔަވަރު
ހައްދުފަހަނައެޅި ޤައުމިއްޔަތު މިނިސްޓަރު އެދިގެން 30،000ރ. މުސާރާގައި 10 "ވިލަރެސްވެރިން" ނަގަނީ

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 18, ގައި އުފެއްދެވި އިދާރާއަށް 30,000ރ. ގެ މުސާރާގައި 10 ވިލަރެސްވެރިންގެ ވަޒީފާއަށް މީހުން ނެގުމަށް އިއުލާނުކޮށްފި އެވެ. 

ވިލަރެސްވެރިންނަށް މުސާރައިގެ ގޮތުގައި 25,000ރ. ކަނޑައަޅާފައިވާއިރ އެލަވަންސްގެ ގޮތުގައި 5,000ރ. ލިބޭނެ އެވެ. އިތުރު އެލަވަންސަކަށް ހިމަނާފައި ވަނީ ހަމައެކަނި ރޯދަ އެލަވަންސެވެ. މިއީ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް މަގާމެކެވެ.