ޚަބަރު

ސިވިލް ކޯޓާއި ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހުޅުވާލައިފި

ދިޔަވަރު
ސިވިލް ކޯޓާއި ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހުޅުވާލައިފި
ސިވިލް ކޯޓާއި ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ހުޅުވާލައިފި އެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިވަކީން ކުރި ދެ އިއުލާނުގައި ބުނެފައި ވަނީ ސިވިލް ކޯޓާއި ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް މިއަދު ހުޅުވާލާ ކަމަށެވެ. އެ ދެ މަގާމަށް ވެސް ކުރިމަތި ލުމުގެ ފުުރުސަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ސިވިކޯޓްގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލީ އެ ކޯޓްގެ އިސް ގާޒީ އަހްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ. ޒުވާން އުމުރުފުޅުގައި ގާޒީ ނިމާލު އަވަހާރަވީ ހާޓްއެޓޭކެއް ޖެހި ހާލު ސީރިއަސް ވުމާ ގުޅިގެން ފަރުވާ ދެއްވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. އެ ކޯޓްގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ގާޒީ ފަރުހާދު ރަޝީދުއާ އެވެ.