ދައުލަތަށް ގެއްލުން ވާހެން އެގްރިމެންޓުގައި އޮތީ ކޮންކަމެއްތޯ ބުނެ ދިނުމަށް އަކުރަމް، މުއްތަލިބް އަރިހުން އެދިފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެގްރީމަންޓް ގުޅީފަޅު އެގްރިމެންޓް ހަދާފައިވާކަމަށް މުއްތަލިބު ބުނެ ޓްވީޓް ކުރުމުންނެވެ.
އިތުރަށް އަކްރަމް ވިދާޅުވީ ތިގޮތަށް ވާހަކަ ދައްކަވަނީ ރައްޔިތުން ނަށް އޮޅުވާލެއްވުމަށް ކަމަށާއި، ގެއްލުންވާކަމެއް ނެތީމާ އެކަމެއް ފާހަގަނުކުރެއްވެވުނީ ކަމަށެވެ.
ހައިކޯޓުން ވަނީ ޑިމޮކްރެޓްސް އަށް ނިސްބަތްވާ، ތިމާވެށީގެ ކަންކަމުގައި އުޅޭ ފަރާތެއް އެ ކޯޓަށް ހުށައެޅި މައްސަލައަކާއި ގުޅިގެން، އެ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާލުމަށް އަންގާފައެވެ. ސަރުކާރުން މި މައްސަލާގެ ތެރެއަށް ތަނާޒުލް ނުވެ ހުރީ، ޤާނޫނާއި ޚިލާފަށް އޭޖީ އަކަށް އިންނެވި ފަރާތުން މައްސަލާގެ ތެރެއަށް ނުވަނުމުންނެވެ. ނަމަވެސް މިހާރު އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސްޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.