ޚަބަރު

ކުރީގެ ފިނޭންސް މިނިސްޓަރ މުނައްވަރު ސަރުކާރުން އިސްތިއުފާ ދޭން ނިންމައިފި! ރާއްޖެ ބަނގުރޫޓު ވެގެން ދިޔައިރު، މުނައްވަރުގެ އަޑު ނޭހި!

ދިޔަވަރު
ކުރީގެ ފިނޭންސް މިނިސްޓަރ މުނައްވަރު ސަރުކާރުން އިސްތިއުފާ ދޭން ނިންމައިފި! ރާއްޖެ ބަނގުރޫޓު ވެގެން ދިޔައިރު، މުނައްވަރުގެ އަޑު ނޭހި!

ކުރީގެ ފިނޭންސް މިނިސްޓަރ، މިހާރު ގެ ފިނޭންސް މިނިސްޓަރގެ އެޑްވައިޒަރެއް ގޮތުގައި ހުންނެވި، މުނައްވަރު އިސްތިއުފާ ދޭން ނިންމައިފި އެވެ. މުނައްވަރަކީ، ރައީސް ޔާމީންގެ ދައުރުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހަމަ އަކަށް އަޅުވައިދިން ފަރާތެވެ.

އެމަނިކުފާނު އިސްތިއުފާ ދިނުމަށް ނިންމާފައި ވަނީ، މިހާރުގެ ފިނޭންސް މިނިސްޓަރ ޝަފީގް އެމަނިކުފާނުގެ ވާހަކަފުޅު ޤަބޫލު ނުކޮށް، ރާއްޖޭގެ އިޤްތިޞާދު ނުބައި ދިމާލަކަށް ގެންގޮސް، މުޅި ޤައުމު ބަނގުރޫޓު ކުރަމުން ދާތީއެވެ. އަދި އެލެވެލްގެ ތައުލީމީ އަދި ތަޖުރިބާގެ ގޮތުން ފުންނާބު އުސް ބޭފުޅެއް މިހާރު އެ މިނިސްޓްރީގައި ނެތެވެ.

މުނައްވަރު ދިޔައީ، ކަންކަން ރަނގަޅު ކުރުމަށް އިރުޝާދާއި، ލަފާފުޅު އަރުވަމުންނެވެ. ނަމަވެސް ފިނޭންސް މިނިސްޓަރ އަކަަށް ހުންނެވި ފަރާތް ކަންކަން ކުރަމުން ދަނީ، ސިޔާސީ އަދި ވަގުތީ މަންފާތަކަށް ރައާއަތް ކޮށް، މުއިއްޒު ރުއްސުމަށް ކަމަށް ވާތީ، ސަރުކާރު ޚަރަދުތައް އިންތިހާ އަށް ބޮޑުވެ، ބޭކާރު ޚަރަދުތަކުގައި މުޅި ޤައުމު މިވަނީ ބަނގުރޫޓު ވެފައެވެ.