ޚަބަރު

ރޭގެ ވަގުތެއްގައި ރައީސް އޮފީހަށް ގެންގޮސް ޝަރުވާޝްގެ އިސްތިއުފާ އަނބުރާ ގެންދިއުމަށް މުއިއްޒު އާދޭސްކޮށްފި! "ޤައުމު ބަނގުރޫޓު ވާއިރު، އޭގެ ޒިންމާ ބޮލުގައި އެޅޭން ބޭނުން ނުވޭ" : ޝަރުވާޝް

ދިޔަވަރު
ރޭގެ ވަގުތެއްގައި ރައީސް އޮފީހަށް ގެންގޮސް ޝަރުވާޝްގެ އިސްތިއުފާ އަނބުރާ ގެންދިއުމަށް މުއިއްޒު އާދޭސްކޮށްފި! "ޤައުމު ބަނގުރޫޓު ވާއިރު، އޭގެ ޒިންމާ ބޮލުގައި އެޅޭން ބޭނުން ނުވޭ" : ޝަރުވާޝް

2016 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި ގުޅި ވަޑައިގެން، އަދި ޗީފް ފައިނޭންޝިއަލް ބަޖެޓް އެގްޒެކިއުޓިވް އެއްގެ ގޮތުގައި ހުންނަވައި، މުއިއްޒުގެ ސަރުކާރުގެ އިސްރާފްތައް ގިނަވެ، ރާއްޖެ ބަނގުރުޓޫވަމުން ދާތީ އިސްތިއުފާ ދެއްވި، ޝަރުވާޝް އާދަމްގެ އިސްތިއުފާ އަނބުރާ ގެންގޮސް އަލުން މަގާމާއި ހަވާލުވެ ވަޑައިގަތުމަށް މުއިއްޒު އޭނާއާއި ބައްދަލުކޮށް އާދޭސް ދަންނަވައިފިއެވެ.

ޝަރުވަޝް އާއި ދެކެވުނު ވާހަކާގައި، ޝަރުވަޝްގެ ތަޖުރިބާއާއި، ފަންނީ އެހީތެރިކަން ރާއްޖެ މިފަދަ ދަނޑިވަޅެއްގައި އޮތް އިރު ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެެވެ. ސަރުކާރު ބަނގުރޫޓުވެ، އައިއެމްއެފްގެ ޕްރޮގްރާމަށް ސަރުކާރު ވަނުމަށް ތައްޔާރު ވެފައިވާ މި ދަނޑިވަޅުގައި. ޝަރުވަޝް ވަނީ، ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖެ ޑިފޯލްޓަކަށް ދާއިރު، އޭގެ ރެސްޕޮންސިބިލިޓީ ފޯލް ވާ މީހުންގެ ތެރޭގައި ހުންނަން ބޭނުން ނުވާކަމަށް ޝަރުވަޝް އިސްތިއުފާ ދިނުމަށް ފަހު، މީހަކާއި ދެއްކި ވާހަކައެއްގައި ބުނެފައި ވެއެވެ.

ޝަރުވާޝް ނޫން އިތުރު މީހުންވެސް، އަދި އިސްތިއުފާ ދޭން ކަމަށް ބެލެވޭ އިރު، ކުރީގެ ފިނޭންސް މިނިސްޓަރ މުނައްވަރުވެސް ވަނީ މުއިއްޒު އޭނާއާއި ހަވާލު ކުރި މަގާމުން އިސްތިއުފާ ދޭން ނިންމާފައެވެ.