ސަރުކާރު ބަނގުރޫޓު ވެފައިވާ އިރު، ޗައިނާއިން ފައިސާ ލިބޭނެ ކަމަށް ބަލައި، އެމްބަސީ ތަކަށް، 2 ގުނަ އަށް އިތުރަށް މީހުން ލާފައި ވާކަށް ފަޅާ އަރާފިއެވެ. މި ގޮތުން ޗަރުމަނުގައި، ހުންނަ އެމްބަސީގައި މީގެ ކުރިން ތިއްބެވީ 3 މީހުން ކަމަށާއި، އޭގެތެރެއިން ސިޔާސީ މީހުންނަކީ 2 މީހުން ކަމަށާއި، މިހާރު ޗަރުމަނު އެމްބަސީ އަށް އެކަނި ވެސް، 6 ސިޔާސީ ފަރާތް ލާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
އެމްބަސީ ތަކުގައި މީހުން ގިނަވެ، ސަރުކާރުގެ ޚަރަދު ބޮޑުވެގެން އެވާހަކަ ދައްކަމުން ދިޔަ، ފަރާތްތައް ވެރިކަމަށް އައިސް، އެ އަދަދު 2 ގުނަ ކޮށްފާނެ ކަމަށް އެއްވެސް ބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ. މުއިއްޒު ދައްކާ ވާހަކައާއި، އަމަލާއި ދިމާ ނުވެ، ވެރިކަމުގެ އާރާއި ބާރު ހިފެހެއްޓުމަށް، މިހާރު 1300 މީހުންނަށް ސިޔާސީ މަގާމު ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސަރުކާރުން ދަނީ، މި މައުލޫމާތު ތައް ސިއްރުކޮށް، އަލަން ނެގި ނައިބުންގެ މައުލޫމާތު ތައްވެސް ހާމަ ނުކޮށް ހިފަހައްޓަމުންނެވެ. އަދި އެމްބަސީ ތަކުގެ ވެބްސައިޓުގައި އެތަނުގައި ތިބޭ މުއައްޒަފުންގެ މައުލޫމާތު ހިމަނަން ޖެހޭ އިރު، ސަރުކާރުން ވަނީ އެކަންވެސް ކުރުން ހުއްޓާލާފައެވެ.
ދިޔަވަރުން ދަނީ، އެމްބަސީތަކަށް މީހުން އައްޔަން ކޮށްފައިވާ ވަރު ދެނެގަންނަމުންނެވެ. އަދި މައުލޫމާތު ލިބެމުން ދާ ވަރަކުން ހާމަ ކޮށްދޭނަމެވެ.