ޚަބަރު

ގައުމިއްޔަތު މިނިސްޓަރ 300,000 ރުފިޔާ މަހަކަށް ދޭގޮތަށް، 10 ކޯޑިނޭޓަރުން ނަގަނީ، ޓްވީޓް ކުރުމަށް!

ދިޔަވަރު
ގައުމިއްޔަތު މިނިސްޓަރ 300,000 ރުފިޔާ މަހަކަށް ދޭގޮތަށް، 10 ކޯޑިނޭޓަރުން ނަގަނީ، ޓްވީޓް ކުރުމަށް!

ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒުގެ ނަމުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 18, ގައި އުފެއްދެވި އިދާރާއަށް 30,000ރ. ގެ މުސާރާގައި 10 ވިލަރެސްވެރިންގެ ވަޒީފާއަށް ނަގަނީ ހައްދުފަހަނައެޅި ޤައުމިއްޔަތާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް އުފައްދައި ފަތުރައި ޓްވީޓް ކުރަންކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ސަރުކާރުގެ މަޤާމުތަކަށް ނަގާފައިވާ ޑެޕިއުޓީއިންނާއި، ސްޓޭޓް މިނިސްޓަރުން ސަރުކާރު ދިފާޢު ކޮށް، ޓްވީޓް ނުކުރާތީ، ހައްދުފަހަނަ އެޅި ޤައުމިއްޔަތު ޕްރޮމޯޓް ކޮށް، އޭގެ ތެރެއިން މުއިއްޒުގެ މަތިވެރިކަން ދައްކައި، މުއިއްޒުގެ ޝާނާއި ޝައުކަތު ކުރިއަރުވައި، އޭނާއަކީ ދުނިޔެމަތީ އިންސާނުންގެ ތެރެއިން ވާ މާތް މަތިވެރި މީހެއްގެ ގޮތުގައި ބްރޭންޑް ކުރުމަށެވެ. އަދި އޭނާއާއި މެދު އެއްޗެއް ބުނާ ކޮންމެ މީހަކީ ޤައުމާއި ދެކޮޅު މީހަކަށް ހަދައި އެމީހަކީ، ޤައްދާރެއް ކަމަށް ބަލައި ސޯޝަލް މީޑިޔާގައި ޤައްދާރުން ގޮތުގައި މީހުން ބްރޭންޑް ކޮށް، ގޭންގް ތައް ލައްވައި ޓްވީޓް ކުރާ މީހުންނަށް ހަމަލާދިނުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެއްކުމަށް، މުއިއްޒު އިސްވެ ހުރެ ނަގާ ޓީމެކެވެ.

ރާއްޖޭގައި ދިވެހި ތަރިކަ ދިރާސާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި އެކަމަށް އިތުރު މީހުން ރާއްޖޭ ބަނގުރޫޓުވަމުންދާއިރު ނަގައި، ފައިސާ އިސްރާފު ކުރުމަކީ ސަރުކާރުގެ އެއްވެސް ޒިންމާދާރު ކަމެއް ނެތްކަމުގެ ހެއްކެކެވެ.