ސަވާދީއްތަގެ އިންތިޒާމް ތައް ގޯސްވެގެން، އިތުރު 2 ޔޮޓެއް ދަތުރު ދޫކޮށް ގޮސްފިއެވެ. މީގެ ކުރިން 5 ޔޮޓެއް ސަވާދީއްތަ ދޫކޮށް ގޮސްފައިވާއިރު، 10 ޔޮޓުގެ ތެރެއިން ޖުމްލަ 7 ޔޮޓު ސަވާދީއްތަ ދަތުރު ދޫކޮށްލައިފިއެވެ.
ސަވާދީއްތަ ދަތުރަކީ ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް އިންތިޒާމުކުރާ ރެލީ އެކެވެ. މިއީ ރައީސް ސޯލިހްގެ ވެރިކަމުގައި އެމަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު ކުރުމަށް ނިންމައިގެން، ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ފެށުނު ހަރަކާތެކެވެ.
މި ހަރަކާތް ވަނީ 2022 ގައި އަދި 2023 ގައި ވެސް ކާމިޔާބު ކަމާއި އެކު އޭރު އޮތް ސަރުކާރުން ކޮށްފައެވެ. ނަމަވެސް މުއިއްޒުގެ ސަރުކާރުން ފެށި ސަވާދީއްތަ ދަތުރު ވާނީ ނާކާމިޔާބު ވެފައެވެ. މިއީ ރައީސް ސޯލިހްގެ ވެރިކަމުގައި، ރައީސް ސޯލިހްގެ ސަރުކާރުން އިސްނަގައިގެން ފެށިކަމެއް ކަމުގައި ވީ ނަމަވެސް، މިފަހަރުގެ ސަވާދީއްތަ ދަތުރު ވެގެން ދިޔައީ، ތައުލީމެއް، އިލްމެއް ހިލްމެއް ނެތް ބަޔަކަށް ސިޔާސީ މެޑަލް ޖަހަން ލިބުނު ފުރުޞަތަކަށެވެ.
މެޑަލް ޖެހުމަށް އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުނާ ޚާލިދު ވަނީ ސަވާދީއްތަ ދަތުރު ދޫކޮށް، ޑުބާއީ އަށް ޗުއްޓީ ކޮށްލުމަށް ސަރުކާރުގެ ގިނަ އަދަދެއްގެ ބަޔަކާއި އެކު ގޮސްފައެވެ.
މިކަން ކުރަން ތިބީ ފަންނީ ގާބިލު ކަމެއް، ނެތް ބައެކެވެ. މިކަން ހިންގުމުގައި ކުރިން ބައިވެރިވި ފަރާތްތައް ސިޔާސީ ވާދަވެރި ކަމުގެ ތެރޭ ގައި ޝިއުނާ ވަނީ އެކަހެރިކޮށްފައެވެ. މީގެ ސަބަބުން އިންތިޒާމުތައް ގޯހުން ގޯހަށް ގޮސް މުޅި ސަވާދީއްތަ ދަތުރު ވަނީ ފެއިލްވެފައެވެ.