ދ. އަތޮޅާއި، އިންޑިޔާގެ ބެންގަލޫރާއި ދެމެދު ވަރަށް ސިއްރުން މި ސަރުކާރުން ސީދާ ދަތުރުތައް ފަށައިފިއެވެ. ދާލު އެއަރޕޯޓަށް ދަތުރުތައް ފަށާފައިވާއިރު، މިކަން އިފްތިތާހް ކުރުމަށް އެއްވެސް ހަރަކާތެއް ނުބޭއްވުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށާއި، ޓުއަރިޒަމް މިނިސްޓްރީއަށް ސީދާ މުއިއްޒު އަންގާފައިވެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މަންޓާރ އެއަރ އަށް މިކަން އަންގާފައެވެ.
އެހެންކަމުން ސަރުކާރުން މި ދަތުރުތައް ފަށާފައި ވަނީ އެއްވެސް ވަރަކަށް، ރަސްމިއްޔާތެއް ނުބާއްވައެވެ. ރަސްމިއްޔާތެއް ނުބާއްވަން ނިންމާފައިވަނީ، އިންޑިޔާ ސަރުކާރުގެ އެއްވެސް ބަޔަކަށް ދައުވަތް ދޭން ޖެހި، އިންޑިޔާ އާއި ރާއްޖެ ދިދަ އެއްތަނަކުން ފެންނަން މުއިއްޒު ބޭނުންފުޅު ނުވާތީ ކަމަށް އެމްއެމްޕީއާރުސީ އިން ދިޔަވަރު އަށް މައުލޫމާތު ދެއްވި ފަރާތުން ކިޔައިދިނެވެ.
އާންމުކޮށް މިކަހަލަ އެއްވެސް، ކަމެއް ފަށާއިރު އަބަދުވެސް ހަފްލާއެއް ބާއްވާނެ! މިހާރުވެސް ޖައިނާއިން އިތުރު 100 ޓުއަރިސްޓުން އަޔަސް އެބަ ހަފްލާ ބާއްވާ!
އެމްއެމްޕީއާރުސީ އިން މައުލޫމާތް ދެއްވި ފަރާތުން ކިޔައި ދިނެވެ.
އުދުހުންތައް ދާލު އެއަރޕޯޓުން ބެންގަލޫރު ކެމްޕަގޯޑަރ އެއަރޕޯޓަށް ފަށާފައިވަނީ މަންޓަރ އެއަރ އިންނެވެ. އަދި މިއީ މަންޓަރ އެއަރ އިން ފެށި ބައިނަލްއަޤްވާމީ ފުރަތަމަ ދަތުރު ތަކެވެ. މީގެ ކުރިން މަންޓަރ އެއަރ އިން އުދުހިފައިވަނީ އެތެރޭގެ އުދުހުންތަކުގައެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށް މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ޚާރިހީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ދަނީ ނުހަނު ބޮޑެތި ގެއްލުތައް ވަމުންނެވެ. ޕީޕީއެމް އަދި ޕީއެންސީގެ އާންމު ގިނަ މެމްބަރުން ޤަބޫލު ކުރާ ގޮތުގައި މުއިއްޒު ވަނީ ދާޚިލީ ގޮތުން ދާން ނުޖެހޭ ވަރަށް ކަންކަން ރާއްޖޭގައި ގޯސް ކޮށްފައެވެ.