ޚަބަރު

ޗައިނާއާއި ރާއްޖެއާއި ދެމެދު ސަގާފީ ގޮތުން އެއްގޮތް އެއްވެސް ކަމެއް ނެތް އިރު، ފޫޗާން އިން ރާއްޖެއަށް ފްލައިޓްތައް ފެށުމުން، ދެ ޤައުމުގެ ސަގާފީ ގުޅުންތައް ބަދަހި ވާނެ ކަމަށް، އަދުރޭގެ ދަރިފުޅު ވިދާޅުވެއްޖެ!

ދިޔަވަރު
ޗައިނާއާއި ރާއްޖެއާއި ދެމެދު ސަގާފީ ގޮތުން އެއްގޮތް އެއްވެސް ކަމެއް ނެތް އިރު، ފޫޗާން އިން ރާއްޖެއަށް ފްލައިޓްތައް ފެށުމުން، ދެ ޤައުމުގެ ސަގާފީ ގުޅުންތައް ބަދަހި ވާނެ ކަމަށް، އަދުރޭގެ ދަރިފުޅު ވިދާޅުވެއްޖެ!

ޗައިނާއާއި ރާއްޖެއާއި ދެމެދު ސަގާފީ ގޮތުން އެއްގޮތް އެއްވެސް ކަމެއް ނެތް އިރު، ފޫޗާން އަވަށުން ރާއްޖެއަށް ފްލައިޓް އައުމުން، ދެ ޤައުމުގެ ސަގާފީ ގުޅުންތައް ބަދަހި ވާނެ ކަމަށް، އަދުރޭގެ ދަރިފުޅު އިއްޔެ ވިދާޅުވެއްޖެއެވެ. މިހެން އަދުރޭގެ ދަރިފުޅު ވިދާޅުވެފައި ވަނީ ޗައިނާއިން ރާއްޖޭގައި ބޭއްވި ޗައިނާ ޕްރޮމޯޓް ކުރުމުގެ ރަސްމިއްޔާތެއްގައެވެ.

ޗައިނާ ސަރުކާރުން ދަނީ އެޤައުމުން މީހުން ގެނެސް، ރާއްޖޭގެ ޕީޕީއެމް ޕީއެންސީ އިސްވެރިންނާއި ގާތް ގުޅުންތައްކެއް އުފައްދަމުންނެވެ. މިގޮތުން ޗައިނާއާއި، ޗައިނާގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ އިވެންޓް ހުޅުވައިދެއްވީ އަބްދުއްރަހީމްގެ ދަރިފުޅެވެ.

ޗައިނާގެ ލަވައާއި މިއުޒިކް މި ހަފްލާގައި ކުޅެނީ.

ރާއްޖޭގައި ޗައިނާ ޕްރޮމޯޓް ކުރުމަށް ބޭއްވި މި އިވެންޓަކީ ދުނިޔޭގެ ސަމާލުކަމަށް ފޫޗާން އަވަށް ގެނެސް، ފޫޗާން އަށް ޓުއަރިސްޓުން އިތުރު ކުރުމަށް ހިންގުނު ޚަރަކާތެއް ކަމަށް ފޫޗާން އަވަށުގެ އޮފިޝަލް ޓްވިޓަރ އެކައުންޓުގައި ބުނެފައި ވެއެވެ. މި ހަރަކާތުގައި ވަނީ ރާއްޖޭގެ ވިޒިޓް މޯލްޑިވްސްގެ ޓެގްލައިން ބަދަލުކޮށް "ވިޒިޓް ފޫޗާން، ގޯ ޓު މޯލްޑިވްސް" ގެ ޓެގްލައިން ބޭނުން ކޮށްފައެވެ.