ޚަބަރު

ރައީސް ސޯލިހް ނިންމަވާފައިވާ މަސައްކަތެއްގެ ރިބަން ކަނޑަން، ދެމަފިރިން ވަޑައިގެން، އެއީ ހަފްތާ 14 ގައި ކުރި މަސައްކަތެއް ކަމަށް ވިދާޅުވެ ދޮގު ހައްދަވައިފި!

ދިޔަވަރު
ރައީސް ސޯލިހް ނިންމަވާފައިވާ މަސައްކަތެއްގެ ރިބަން ކަނޑަން، ދެމަފިރިން ވަޑައިގެން، އެއީ ހަފްތާ 14 ގައި ކުރި މަސައްކަތެއް ކަމަށް ވިދާޅުވެ ދޮގު ހައްދަވައިފި!

ދޮގު ހަބަރު ފަތުރާކަމަށް ދިޔަވަރު ނޫހަށް އިނގިލި ދިއްކޮށް، މުއިއްޒުގެ އެދިވަޑައިގަތުމަށް، ރައީސް އޮފީހުން އެ މައްސަލަ ހޭޔަންބޯ ޝޯ ދެއްވަން އުޅުނު އިބްރާހިމް ޚަލީލް (މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރ) މޯލްޑިވްސް މީޑިޔާ ކައުންސިލުން ހުށައަޅާފައިވާއިރު، ރައީސް މުއިއްޒު ވަނީ، ރައީސް ސޯލިހް ނިންމާފައިވާ އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ވަޑައިގެން ދެމަފިރިން ވެގެން ލަދެއް ނެތި ރިބަން ކަނޑުއްވާ، އެވަރުން ނުވެގެން ދޮގު ހައްދަވާ އެއީ ހަފްތާ 14ގެ ރޯޑް މެޕް ގައި އިން ކަމެއް ކަމަށް ވިދާޅުވެފައެވެ.

ދިވެހިރައްޔިތުންނަށް އެނގެން މުހިންމު ކަމަކީ، ދޮގު ހައްދަވަމުން ގެންދަވަނީ ރައީސް އޮފީހުން ކަމެވެ. ދޮގު މައްޗަށް ދޮގު ހަދައިގެން ރައީސްުލްޖުމްހޫރިއްޔާގެ މަގާމަށް މުއިއްޒު ވަޑައިގެން ހުންނެވި ކަމަވެ. މީހެއްގެ މައްޗަށް ދޮގު ހަދައިގެން ފިޔަވަޅު އަޅަންޏާ އަޅަން ވީ، މުއިއްޒު އަށެވެ. އަދި ބްލޮކް ކުރަންވީ ރައީސް އޮފީހުގެ ވެބްސައިޓެވެ. ނަމަވެސް އުޅުއްވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަތް ބާނައި، މޯލްޑިވްސް މީޑިޔާ ކައުންސިލް މެދުވެރިކޮށް، ރައްޔިތުންނަށް ޑިމޮކްރަސީގައި ލިބިދޭ އެންމެ މުހިންމު ބާރު ހަނިކުރުމަށެވެ. މުއިއްޒާއި އޭނާގެ ޓީމުން ހަދާހާ ދޮގެއް، މީޑިޔާއަށް ދެއްވާހާ ދޮގު ބަޔާނެއް ދިޔަވަރު ބްލޮގް ގައި ނުޖަހާތީއެވެ.

އެމްޑީޕީ ސަރުކާރުން ކުރި މަސައްކަތެއްގެ ރީތި ނަން ހޯދަން ރިބަން ކަނޑަން ދިޔުމަކީ މަކަވެރިކަމެކެވެ. އެމްޑީޕީ ސަރުކާރުން ކުރި ކަމެއް އެއީ ހަފްތާ 14 ގެ ކުރި މަސައްކަތެއް ކަމަށް ބުނެ އޮޅުވާލުމަކީ ރައްޔިތުންނަށް ދޮގު ހެދުމެވެ. ނަމަވެސް ނަންވާނީ ދިޔަވަރެވެ.