ސަވާދީއްތާގައި މިހާރު ދަތުރު ކުރަމުންދާ މަދު ޔޮޓްތަކުގެ މިސްރާބު، ލ.ފޮނަދޫއަށް ބަދަލު ކޮށް، ލ.ފޮނަދޫ އަށް ޔޮޓްތައް ބަނދަރުކޮށް، އަބްދުއްރަހީމްގެ ކެމްޕެއިނަށް ސަވާދީއްތަ ބޭނުން ކުރަން ފަށައިފިއެވެ. ކެމްޕެއިނަށް ވަޑައިގެން، މިވަގުތު ޓުއަރިޒަމް މިނިސްޓަރގެ ގޮތުގައި ހުންނެވި، އަދުރޭގެ ދަރިފުޅު ހުންނެވީ ފޮނަދޫގައެވެ. އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުނާ ޚާލިދު، އަދި އެމްއެމްޕީއާރުސީ ގެ މެނޭޖިންގ ޑިރެކްޓަރ ފާތުމަތު ތައުފީގް ރޭ ކުރެއްވީ ލ.ފޮނަދޫގައި ހުންނަ އަބްދުއްރަހީމްގެ ގޭގައި ކަމަށް އެމްއެމްޕީއާރުސީގެ ފަރާތުން މި ދަތުރުގައި ބައިވެރިވި ފަރާތަކުން ހާމަ ކުރިއެވެ.
ދަތުރުގެ އެހެން ބައިވެރިން ރޭ ކުރީ ލ. ގަމުގައި ކަމަށާއި، ލ.ފޮނަދޫގައި ކުރިއަށް ދަނީ ސަވާދީއްތަ ދަތުރާއި ގުޅުވައިގެން، މަޖިލިސް އިންތިހާބަށް ކުރިއަށް ގެންދާ ކެމްޕެއިނުގެ ހަރަކާތްކަމަށް މައުލޫމާތު ލިބެއެވެ.
މި ގޮތުން، ކުއްލިއަކަށް މިދަތުރުގެ ބައެއް މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި އަދި ކެއުމުގެ އިންތިޒާމްތައް އެމްއައިޓީޑީސީގެ ބަޖެޓުން އަބްދުއްރަހީމްގެ ސަޕޯޓަރުންނަށް ލިބޭނެހެން، ލ ފޮނަދޫގައި ކުރިއަށް ގެންދަން ފަށާފައިވާ ކަމަށާއި، ކުއްލިއަކަށް މި ގެނައި ބަދަލުގެ ސަބަބުން ގެސްޓުން ތިބީ މާޔޫސް ވެފައި ކަމަށް އެމްއެމްޕީއާރުސީ އިން މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.
ސަވާދީއްތާ ދަތުރުގެ ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައިރު، ޝިއުނާ ޚާލިދު ހުންނެވީ، ޑުބާއީގައި އެކުވެރިންތަކަކާއި އެކު ނާޗަރަންގީކޮށް ޝޮޕިންގ ކުރުމުގައެވެ. ސަވާދިއްތަ ދަތުރާއި ގުޅިވަޑައިގަތީ، ލ.ފޮނަދޫއިން، އަދުރޭގެ ދަރިފުޅާއި އެކު ކެމްޕެއިނަށެވެ.
ދަތުރުން 7 ޔޮޓް ވަކިވެގެން ގޮސްފައިވާ އިރު، ގިނަ ފަރާތްތަކުން އިންތިޒާމްތައް ގޯސްކަމުގެ ވާހަކަ ދަނީ ދިޔަވަރަށް ރިޕޯޓް ކުރަމުންނެވެ.