ޚަބަރު

ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ހިމެނޭހެން، ސިޔާސީ މަގާމުތަކުގައި ތިބި ހުރިހާ އަންހެނުން ކަނބަލުން މުލިއާގެއަށް ގެންގޮސް، ސާޖިދާ ވަނީ އެމީހުންނަށް އިންޒާރު ދީފައި

ދިޔަވަރު
ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ހިމެނޭހެން، ސިޔާސީ މަގާމުތަކުގައި ތިބި ހުރިހާ އަންހެނުން ކަނބަލުން މުލިއާގެއަށް ގެންގޮސް، ސާޖިދާ ވަނީ އެމީހުންނަށް އިންޒާރު ދީފައި

އަންހެން ހުރިހާ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބި އަންހެނުން މުލިއާގެއަށް ގެންގޮސް، ސާޖިދާ ވަނީ އެމީހުންނަށް އިންޒާރު ދީފައި ކަމަށް، އެތަނަށް ވަޑައި ގެންނެވި ކަނބަލެއް ދިޔަވަރަށް ޑީއެމް ކޮށް ވިދާޅު ވެއްޖެއެވެ.

ގެންދެވީ ފަރީކުޅުއްވުމެއް ދެއްވުމަށް ކަމަށް ބުނެ، ދައުވަތް ދީގެން ކަމަށާއި، ނަމަވެސް، އިންތިޒާމުތައް ބޮއްސުންލާފައި ވުމުން، ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތައް ދިގު ކިޔުއެއްގައި އަވީގައި ތިބެން ޖެހުނު ކަމަށް ވިދާޅުވިއެވެ. އަދި ގެންދިޔަ މީހުންނަށް ވާވަރަށް ކެއިންބުއިމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެސް ނެތް ކަމަށް މައުލޫމާތްދިން ފަރާތުން ވިދާޅުވިއެވެ.

މެންދުރުގެ ކެއުމަކަށް ސިޔާސީ މަގާމުތަކުގައި ތިބި އަންހެން ކަނބަލުން ގެންދެވީ 13 ފެބްރުއަރީ ވީ އަންގާރަ ދުވަހުއެވެ.

ތި މަޤާމުތައް ހުރިހާ ފަރާތްތަކަށް ލިބިފައި ހުރީ، މުއިއްޒު ވެރިކަމުގައި ހުރުމުން ކަމަށާއި، މުއިއްޒަށް ވެރިކަން ގެއްލިޖެނަމަ، ވަޒީފާ ގެއްލޭނެ ކަމަށާއި، ވީމާ މުއިއްޒުގެ ކެނޑިޑޭޓުން ހޮވަން ޖެހޭނެ ކަމަށް

ފަސްޓްލޭޑީ ސާޖިދާ ސިޔާސީ މަގާމުތަކުގައި ތިބި އަންހެން ކަނބަލުންނަށް މުހާތަބު ކޮށް، މި ފަރީކުޅުއްވުމުގައި ވިދާޅުވިއެވެ.

މި ގޮތަށް ބިރު ދައްކާހެން ވާހަކަ ނުދެއްކިއަސް މުއިއްޒު ބުނާ ބަޔަކަށް ވޯޓު ދެވިދާނެ ކަމަށާއި، މުއިއްޒު ތިމަންނަ މެންނާއި އެންމެ ފަހަރަކުވެސް ބައްދަލު ނުކޮށް، ސާޖިދާ މިވާހަކަ ދައްކާ ހައިސިއްޔަތެއް ނޭނގޭ ކަމަށާއި، ޤަބޫލު ކުރެވޭ ގޮތުގައި ސާޖިދާ މިހެން އަމަލު ކުރައްވަނީ މުއިއްޒު ސިޔާސީ މަގާމުތަކުގައި ތިބި އަންހެން ކަނބަލުންނާއި ވާހަކަ ދައްކާ ހެދުމަކީ ސާޖިދާ ހިތްޕުޅާ ނުވާކަމެއް ކަމުގައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ގިނަ ފަރާތްތައް ދަނީ، ސަރުކާރުގެ ދޯދިޔާކަމުން، ސަރުކާރާއި މެދު އޮތް އުންމީދު ކަނޑާލާފައެވެ. އަދި ސަރުކާރަށް ބޮޑުތަނުން މަޖިލިސް އިންތިހާބު ގެއްލޭ މަންޒަރު މުއިއްޒަށްވެސް މިހާރު ދަނީ ފެންނަމުންނެވެ.