ޚަބަރު

ޔޫރަޕާއި، އިނގިރޭސީން މަހަށް ނަގާ ޓެކްސް ކަނޑާލަން ނިންމާފައި އޮތް އޮތުން ބަދަލު ކުރީ، މުއިއްޒު ސަރުކާރުން ޗައިނާގެ އުނގަށް ވެއްޓުމުން

ދިޔަވަރު
ޔޫރަޕާއި، އިނގިރޭސީން މަހަށް ނަގާ ޓެކްސް ކަނޑާލަން ނިންމާފައި އޮތް އޮތުން ބަދަލު ކުރީ، މުއިއްޒު ސަރުކާރުން ޗައިނާގެ އުނގަށް ވެއްޓުމުން

ޔޫރަޕާއި، އިނގިރޭސީން މަހަށް ނަގާ ޓެކްސް ކަނޑާލަން ރައީސް ސޯލިހްގެ ސަރުކާރުގައި ނިންމާފައި އޮތް އޮތުން، މި ސަރުކާރު އައުމުން ބަދަލު ކުރީ، މުއިއްޒު ސަރުކާރުން ޗައިނާގެ އުނގަށް ވެއްޓުމުން ކަމަށް ފޮރިންގ މިނިސްޓްރީގައި އެ މަސައްކަތުގައި ފާއިތުވި 5 އަހަރު މަސައްކަތް ކުރި ފަރާތަކުން ނަން ހާމަ ނުކުރަން އެދި ދިޔަވަރަށް މައުލޫމާތު ދެއްވައިފިއެވެ.

ޗައިނާއާއި، ހުޅަނގުގެ އެއްވެސް ޤައުމަކާއި ސިޔާސީ ގުޅުން އެހާ ރަނގަޅު ނޫން ކަމަށާއި، އެންމެ ފުރަތަމަވެސް، ޕީޕީއެމް ސަރުކާރުގައި މަހަށް ޓެކްސް ނަގަން ފެށީ ވެސް، ޗައިނާ އާއި އޮތް ގުޅުން މާ ބޮޑަށް ގާތް ވުމުން ކަމަށް އޭނާ މައުލޫމާތު ދިނެވެ.

މިއީ ހަމަ ނިމިފަ އޮތް ކަމެއް! މިމީހުން އައިސް ޚާރިޖީ ސިޔާސަތު ބަދަލު ކޮށް ޤައުމުތަކާއި ދެކޮޅުވެރި ވީމަ ދެން ވާނީ މިކަހަލަ ގޮތެއް! ޗައިނާގެ ސަރުކާރެއް މިތާ އޮތް ހާ ދުވަހަކު މަހަށް ނަގާ ޓެކްސް ކަނޑާ ނުލާނެ!

މައުލުމާތު ދިން ފަރާތުން ހިތްހަމަ ނުޖެހިގެން ކިޔައި ދިނެވެ.

މަސްވެރިންނަށް 25ރ އަށް މަސްކިލޯއެއް ޖެހިފައި އޮއްވައި އެކަން ބަދަލު ކުރަންޖެހުނީ މި ސަބަބާއި ހުރެއެވެ.

ސަރުކާރުން ވަނީ ޤައުމުތަކާއި އޮންނަން ޖެހޭ ގުޅުންތައް ހީނަރުކޮށް، އަނެއްކާވެސް ރާއްޖެ މުޅި ދުނިޔޭގައި ބާކީ ކޮށްލާފައެވެ. އިންޑިޔާ އާއި ހުޅަނގުގެ ގައުމުތަކާއި ރަނގަޅު ގުޅުމެއް އޮންނަ އިރު، ޔޫރަޕާއި އެންމެ ގުޅުން ހީނަރުވެފައިވާ ޤައުމަކީ ޗައިނާއެވެ. އަދި ހުޅަނގުގެ ގައުމުތަކުން ޗައިނާގެ ޓެކްނޮލަޖީގެ ބައެއް އުފެއްދުންތައް ބޭނުން ކުރުން ޤާނޫނީ ގޮތުން މަނާކޮށްފައި ވެއެވެ.

ޗައިނާގެ އުނގަށް ރާއްޖެ ވެއްޓުނުއިރު، މަސްވެރިންނާއި މެދު ސަރުކާރުން ވިސްނާފައެއެއް ނުވެއެވެ.