ޚަބަރު

މާލޭ މަސްވެރިންވެސް ދިމްޔާތް ދޮށަށް މުޒާހަރާ އަށް ދިޔުމަށް ތައްޔާރު ވަނީ! މަސްވެރިން ބާނާ މަސް، ގަނެ، ބޭރަށް ވިއްކުމަށްފަހު، ސިޔާސީ މީހުންނަށް މުސާރަ ދިނުމަށް އެ ފައިސާ ދަނީ ބޭނުން ކުރަމުން.

ދިޔަވަރު
މާލޭ މަސްވެރިންވެސް ދިމްޔާތް ދޮށަށް މުޒާހަރާ އަށް ދިޔުމަށް ތައްޔާރު ވަނީ! މަސްވެރިން ބާނާ މަސް، ގަނެ، ބޭރަށް ވިއްކުމަށްފަހު، ސިޔާސީ މީހުންނަށް މުސާރަ ދިނުމަށް އެ ފައިސާ ދަނީ ބޭނުން ކުރަމުން.

މާލޭގައި ދިރިއުޅޭ މަސްވެރިންވެސް، ދިމްޔާތު ދޮށަށް މުޒާހަރާއަށް ދާން ރާވަމުންދާ ވާހަކަ ދިޔަވަރު ނޫހަށް ލިބިއްޖެއެވެ. މިވަގުތު ކޫއްޑޫގައި މަސްވެރިން ދަނީ މުޒާހަރާ ކުރަމުްންނެވެ. މަސްވެރިންނަށް 3 މަހާއި 4 މަހުގެ ލާރި ނުދީ ހުރުމުން، މަސްވެރިން ތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ.

ކުރީ ސަރުކާރުން ކޮވިޑްގެ އެންމެ ދަތި ހާލުގައި ޤައުމު އޮތް އިރުވެސް، މަސްވެރިންނަށް ފައިސާ ބަރާބަރަށް ދިނެވެ. ނަމަވެސް، މަސްވެރިން ބަނޑަށް ޖެހެ، ހަނޑޫ ކޮޅެއް ގަނެލެވެން ނެތްވަރަށް މި ސަރުކާރުން ވަނީ ނިކަމެތި ކޮށްފައެވެ. ގިނަ މަސްވެރިން ވަނީ ކަންމަތީ ފިހާރައަށް ދަރާ ވިކިފައެވެ. މިއީ މަސްވެރިން ދިރިއުޅުނު އަބުރުވެރި ދިރިއުޅުން ގެއްލި، މިވަރަށް ހާލުގައި ޖެހުނު ފުރަތަމަ ފަހަރެވެ.

މަސްވެރިންނަށް ފައިސާ ނުދޭއިރު، ޤާސިމަށް 130 މިލިއަން ރުފިޔާއެއް ސަރުކާރުން ވަނީ ބަދަލުގެ ގޮތުގައި ދޫކޮށްފައެވެ. މީގެ އިތުރުން އެމްބަސީތަކަށް ދެގުނައަށް މީހުން ލައި، ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށް، ތުރުކީ ގައި ވަނީ އެމްބަސީއެއް ހުޅުވާފައެވެ. މަސްވެރިން ބާނާ މަސް ގަނެ ބޭރަށް ވިއްކުމަށްފަހު، އެފައިސާ ބޭނުން ކުރަނީ ސިޔާސީ މީހުންގެ މުސާރައަށެވެ.