ޚަބަރު

‏ދެކުނު މަސްވެރިންގެ މުޒާހަރާ ވަރުގަދަވެ، މުއިއްޒު މިހާރު ދެކުނަށް ކުރަމުންދާ ދަތުރުގެ އޮފު ކެޑޭތީ, މަސްވެރިން ގުބޯހައްދަން ޝިޔާމް ކޫއްޑޫއަށް ދަތުރު ފަށައިފި!

ދިޔަވަރު
‏ދެކުނު މަސްވެރިންގެ މުޒާހަރާ ވަރުގަދަވެ، މުއިއްޒު މިހާރު ދެކުނަށް ކުރަމުންދާ ދަތުރުގެ އޮފު ކެޑޭތީ, މަސްވެރިން ގުބޯހައްދަން ޝިޔާމް ކޫއްޑޫއަށް ދަތުރު ފަށައިފި!

މަސްވެރިން ކިރި މަހަށް ފައިސާ ނުދޭ މައްސަލައިގައި ގއ. ކޫއްޑުގައި މަސްވެރިން މުޒާހަރާ ކުރަން ފެށުމާއެކު, ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ދަތުރުގެ އޮފް ކެނޑި, ނުރަގަޅު ބަޕްލިސީޓީއެއް ލިބެން ފެށުމާއެކު, މަސްވެރިންނަށް އަނެއްގާވެސް ދޮގު ވައުދުތަކެއްވެ, މަސްވެރިން ގުބޯ ހެއްދުމަށް, ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ކޫޑޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖައްސައިފިއެވެ.

މަސްވެރިން ކޫއްޑޫގައި މިއަދު ހެނެދު ކުރަންފެށި މުޒާހިރާ އަދިވެސް ހުއްޓުމަކަށް އައިސްފައެއް ނުވެއެވެ. އަދި ކޫއްޑޫގައި މުޒާހިރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ, އެމީހުންނަށް ދޭން ޖެހިފައިވާ 3 މަސްދުވަހުގެ ފައިސާ ދިނުމުން ނޫނީ ކޫއްޑޫގެ އޮޕަރޭޝަންތައް ފެށުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

މިއަދު މަސްވެރިން ކުރަންފެށި މުޒާހިރާ ހޫނުވާން ފެށުމާއެކު, ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ, މިހާރު މަސްވެރިންނަށް ދޭންޖެހިފައިވާ 280 މިލިއަން ރުފިޔާ އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމަށެވެ.

އެހެންނަމަވެސް, ދައުލަތް ބަނގުރޫޓުވެ, ބޭންކު އޮފް މޯލްޑިވްސް އިނދަޖެހި, މިސަރުކާރުން އައިއެމްއެފްގެ "ބޭންކްރަޕްސީ ޕެކޭޖް"އަށް ވަންނަން ނިންމާފައިވާއިރު, މިފައިސާ މި ސަރުކާރަށް މަސްވެރިންނަށް ދެވިދާނެކަމަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ. އަދި ފައިސާ ދޭނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނެކަމަށްވެސް މުޒާހިރާކުރަމުންދާ މަސްވެރިން ވަނީ ބުނެފައެވެ.

ކޫއްޑޫގައި މިޒާހިރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މުޒާހިރާ ހުއްޓާލާނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ޚަލާސްކޮށް ނިންމުމުން ކަމުގައެވެ.

މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދިޔަނަމަވެސް, ސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް މުވައްޒަފުން އިތުރު ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް ސަރުކާރުން މަދު ކޮށްފައެއް ނުވެއެވެ.

އެގޮތުން ފާއިތުވި ހަފްތާގައި 48 މީހުންގެ ބޮޑު ވަފްދަކާއެކު މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފައިވާއިރު, އޭގެ ކުރީ ހަފްތާގައިވަނީ, މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއްވެސް ހުޅުވާފައެވެ.

އަދި މިއަދު މުއިއްޒު ވަނީ ކޯޓު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި, ކުރީގެ ގާޒީއެއް ކަމުގައިވާ, ރާޣިބަށް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބުކަން ދީފައެވެ.