އިޒްރޭލް ޕާސްޕޯޓް މަނާ ނުކުރާ މަތިން، ހަތަރު ޕެޓްރޯލް އުޅަނދާއި، މަތިންދާބޯޓެއް ދޭން އެމެރިކާއިން ނިންމާފިއެވެ. މި މަތިންދާ ބޯޓަކީ އިޒްރޭލުން އެމެރިކާ މެދުވެރިކޮށެވެ. އޭރުން ސީދާ އިޒްރޭލުން ދޭއްޗެއްގެ ބަދަލުގައި އެއީ އެމެރިކާއިން ދޭ އެއްޗެއް ގޮތަށް ރައްޔިތުންނަށް ދެއްކޭނެއެވެ.
ދިވެހި ޤައުމިއްޔަތު މުހިންމު ވެގެން އުޅޭ މީހުން، މުސްލިމުންގެ ދުޝަމަނުން އަތުން، އަދި ފަލަސްތީނު ރައްޔިތުން މަރަމުންދާ އެމެރިކާ-އިޒްރޭލު ޔަހޫދީން އަތުން ޕެޓްރޯލް އުޅަނދާއި، މަތިންދާ ބޯޓު ރާއްޖެ އަށް ގެންނަން ހަދާ އެއްބަސް ވުމުގައި އެތަކެތި މެއިންޓެއިން ކުރެވޭނީ ހަމަ އެކަނި އެމެރިކާގެ މިލިޓާރީއަށް ކަމަށް ބަޔާން ކުރާނެއެވެ. އެއީ މިފަދަ ހުރިހާ އުޅަނދެއް ދިނުމަށްފަހު، އެކަން އެމެރިކާއިން ނުވަތަ އިޒްރޭލުން ކުރަނީ އެހެންނެވެ. މި ގޮތަށް އެމެރިކާ އަދި އިޒްރޭލް ސިފައިން ރާއްޖެ އައިސްފިނަމަ، އެއްވެސް ގޮތަކަށް އެމީހުން ރާއްޖެއިން ބޭލޭނެ ގޮތެއް ނޯންނާނެއެވެ.
ކަންމިހެން އޮތް އިރު، އިންޑިޔާގެ އެތައްހާސް ސިފައިން ތިބި ކަމަށް ބުނެ ދެއްކި ވާހަކަތަކަކީ އެއްވެސް ހަޤީގަތެއް ނެތް އަދި، އިންޑިޔާސިފައިން ރާއްޖޭގެ މިނިވަންކަން ނަގާލަނީ ކަމަށް ބުނެ، ކަންބޮޑުވާ ކަމަށް ދެއްކި ދެއްކުމަކީއެއްވެސް ހަގީގަތެއް ނެތް މަކަރުވެރި ދޮގު އޮޅުވާލުމެއްކަން މިކަމުން ދާބިތު ވެއެވެ.