އެމެރިކާ-އިޒްރޭލް އިން ދޭ އަސްކަރީ މަތިންދާ ބޯޓާއި، ޕެޓްރޯލް އުޅަނދުތަކުގެ މެއިންޓަނަންސް ބަލަހައްޓަން އެމެރިކާ-އިޒްރޭލް ސިފައިން ރާއްޖޭގައި ތިބޭނެއެވެ. އެމެރިކާއިން މިފަދައިން ހަދިޔާ ކުރާ އެމީހުންގެ އުޅަނދުފަހަރާއި، މަތިންދާ ބޯޓުގެ މެއިންޓައިނަންސާއި، އެއަށް ބޭނުންވާ ޓެކްނިކަލް މަސައްކަތް ކުރުމަށް އެމެރިކާގެ ސިފައިން އެ ޤައުމެއްގައި ތިބެއެވެ. އެހެން ކަމުން މިކަން ރާއްޖޭގައިވެސް އޮންނާނީ ހަމަ އެގޮތަށެވެ.
މިގޮތުން ޔޫއެސް ގެ މިލިޓަރީ އެއަރކްރާފްޓް މިވަގުތު ހުރި ޤައުމުތަކާއި އެކަން އޮތް ގޮތް ތިރީގައި މިވަނީއެވެ.
- މިސްރު: އެފް-16 ފައިޓިން ފެލްކަން މަލްޓިރޯލް ފައިޓާ ޖެޓް. މި މަތިންދާބޯޓުތަކަށް މެއިންޓެނެންސް އަދި ސަޕޯޓް މުވައްޒަފުން ވެސް އެމެރިކާއިން ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެމީހުން ތިބެނީ މިސްރުގައި ގާއިމްވެއެވެ.
- އިޒްރޭލު: އެފް-35 ލައިޓްނިން 2 ސްޓެލްތް ފައިޓާ ޖެޓް. އިޒްރޭލަކީ އެތެރޭގެ މިލިޓަރީ ކެރިފޯރުންތެރިކަން އެމެރިކާއިން ޤާއިމުކޮށްފައިވާ އަދި ބޭނުން ވަގުތަކު އެމެރިކާ ސިފައިން ދާ ޤައުމެއް ކަމުން، އެމެރިކާއިން އާންމުގޮތެއްގައި އިޒްރޭލުގައި އަސްކަރީ ސިފައިން މެއިންޓައިނަންސް އަށް ނުތިބެއެވެ.
- ޖޯޑަން: އެފް-16 ފައިޓިން ފެލްކަން މަލްޓިރޯލް ފައިޓާ ޖެޓްތައް. އަދި މި މަތިންދާބޯޓަށް މެއިންޓެނެންސް އަދި ސަޕޯޓް މުވައްޒަފުން ވެސް އެމެރިކާއިން ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެމީހުން ތިބެނީ ޖޯޑަންގައި ގާއިމްވެއެވެ.
- މޮރޮކޯ: އެފް-16 ފައިޓިން ފެލްކަން މަލްޓިރޯލް ފައިޓާ ޖެޓްތައް. މި މަތިންދާބޯޓަށް، މެއިންޓެނެންސް އަދި ސަޕޯޓް މުވައްޒަފުން ވެސް އެމެރިކާއިން ވަނީ ފޯރުކޮށްދީފަ އެވެ. އަދި އެމީހުން ސްޓޭޝަން ވެގެން މި ޤައުމުގައި ވެސް ތިބެއެވެ.
- ޓިއުނީޝިއާ: އެފް-5 ޓައިގާ 2 ލައިޓް ފައިޓާ ޖެޓް. އެމެރިކާއިން އާންމުގޮތެއްގައި ޓިއުނީޝިއާގައި އަސްކަރިއްޔާގެ ސިފައިން ޤާއިމުވެ ތިބެއެވެ.
މި މައުލޫމާތު ތަކަކީ އޮންލައިން ކޮށް ލިބެން ހުރި މައުލޫމާތު ތަކެވެ. އަދި މިނޫންވެސް އިތުރު ޤައުމުތަކަށް އަސްކަރީ އުޅަނދު އެމެރިކާއިން ދީފައިވެއެވެ. އެއިން ކޮންމެ ޤައުމެއްގައި އެ އުޅަނޑު ތައް އޮޕްރޭޓް ކުރަން އެމެރިކާ ސިފައިން ތިބެއެވެ.
އެހެން ކަމުން، ރާއްޖޭއަށް އެމެރިކާ-އިޒްރޭލް ސިފައިން އަލަށް ގެނައުމުގެ މަސައްކަތް މުޅި ދިވެހި ތާރީޚުގައި ވެސް ފަށާފައި މިވަނީ، ޤައުމުގެ މިނިވަންކަން ގެއްލިގެން އެ ހޯދަން ގެނައި ކައްޒާބެވެ.