މިރޭ އައްޑޫގައި ދެއްކި ވާހަކަ ފުޅުގައި، ފަސޭހަ ގޮތް ފަސޭހަ ކަމަށާއި، ތިމަންނާއަށްވެސް ފައިސާ ޗާޕް ކުރެވިދާނެ ކަމަށް ބުނެ އަނެއްކާވެސް، ރައްޔިތުންނަށް މުއިއްޒު ދޮގު ހަދައި އޮޅުވާލާފިއެވެ. ނަމަވެސް ހަޤީގަތަކީ ފައިސާ ޗާޕް ކުރެވޭނެ ގޮތެއް މުއިއްޒަށް ނެތިގެން ފައިސާ ޗާޕް ނުކުރަނީއެވެ. ފައިސާ ޗާޕް ކުރެވޭނީ މަޖިލީހުން ހުއްދަ ލިބިގެންނެވެ. މަޖިލީހުން އެންމެ ފަހުން ފައިސާ ޗާޕް ކުރުމަށް ދީފައިވާ މުހުލަތު މިހާރު ވަނީ ހަމަވެފައެވެ. އެހެން ކަމުން ދެން ފައިސާ ޗާޕް ކުރެވޭނީ އެކަމަށް އެދި މަޖިލީހަށް ހުށައަޅާއިގެންނެވެ.
މަޖިލީހުގައި މުއިއްޒަށް ތާޢީދެއް ނެތްކަމުން، މަޖިލީހުން ފައިސާ ޗާޕް ކުރުމަށް މުއިއްޒަށް ފުރުޞަތެއް ނުދޭނެއެވެ.
އަދި މިވަގުތު ފައިސާ ޗާޕް ކުރުމަކީ އައިއެމްއެފް އިން ނަގަން ބޭނުންވެގެން އުޅޭ ރާއްޖެ ބަނގުރުޓުވެފައި ވާތީ ވަންނަން ވާހަކަ ދައްކަމުންދާ ޕްރޮގްރާމްގެ ތެރެއަށް ވަނުމަށް ފުރުޞަތެއް ނުލިބޭނޭ ކަމެކެވެ.
މީގެ އިތުރުން މުއިއްޒުވަނީ ފައިސާ ޗާޕް ކުރުމުން ދަރަނި އިތުރުވާނެ ކަމަށް މިރޭ ޖަލްސާގައި ވިދާޅުވެފައެވެ. ފައިސާ ޗާޕް ކުރުމާއި، ދަރަނި އިތުރުވުމާއި ސީދާ އެއްވެސް ގުޅުމެއް ނެތެވެ. ދަރަނި އިތުރު ވަނީ ދަރަނި ނެގުމުންނެވެ. މިހާރު މުއިއްޒު އުޅުއްވަނީ ރައްޔިތުން ކައިރީ ދައްކާނެ ވާހަކައެއް ނޭނގިގެން އިތުރުފުޅު ހެއްދެވުމުގައެވެ. އެމަނިކުފާނަށް މީހާރު މާލެ ތެރޭގައި ކައްޒާބު (މާނަ: ދޮގުވެރިޔާ) ކިޔާ ހަދައެވެ.