މިދިޔަ ސަރުކާރުން ތަރައްޤީގެ މަޝްރޫޢު ތަކަށް ލޯނު ނެގުމުން އެއީ ބޮޑު ނުބައެއް ކަމަށް ހަދައި، ދޮގު ޗާޓުތައް މުއިއްޒު ވިދާޅުވި ގޮތަކަށް ކުރަހައި، ރައީސް ސޯލިހްގެ ސަރުކާރުން ނުނަގާ ލޯނުތަކެއް ނެގި ކަމަށް ދައްކައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައިސް، މިހާރު ލޯނު ނެގުން އެއީ ކުރަން ޖެހޭ ކަމެއް ކަމަށް މިރޭ އައްޑޫގައި ދެއްކެވި ވާހަކާގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިރޭ އިތުރަށް ވިދާޅުވީ، އެމަނިކުފާނު ނަންގަވާނީ ރަނގަޅު ލޯނު ކަމަށާއި، ކުރީ ސަރުކާރުން ނަގާފައިވާ ފައިދާ ނުކުރާ ލޯނު ކަމަށެވެ. އެ ގޮތަށް މުއިއްޒު ނަގާނެ ކޮންމެ ލޯނަކީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެގޮތަށް ނަގާނެ ލޯނެއް ކަމަށް ވިދާޅުވެ ރައްޔިތުންނަށް ދަނީ އޮޅުވާލަން މަސައްކަތް ކުރަމުންނެވެ.
ލޯނު ނަގައިގެން އެމްޑީޕީ ސަރުކާރުން ހިންގީ ތަރައްޤީގެ ޕްރޮޖެކްޓްތަކެވެ، އިޤްތިޞާދުގައި އޭގެ ސަބަބުން ފައިސާ ދައުރުވިއެވެ. އެހެން ކަމުން ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވިއެވެ. ސަރުކާރުން ޕްރޮޖެކްޓްތައް ހުއްޓާލާފައި މިހާރު ހުރުމުން، އިޤްތިޞާދީ ފޮރޮޅު ނޭނބުރެއެވެ. އެކަކު އަތުން އަނެކަކު އަތަށް ދައުރުވާން ޖެހޭ ފައިސާއެއް ދައުރެއް ނުވެއެވެ. މަސައްކަތްތައް ދުވަހަކަށް ދުވަހަކު މަދުވެ، މަސައްކަތާއި ގުޅުން ހުރި މުދާ ނުވިކި ގިނަވެ އިޤްތިޞާދީ ހާލަތު ދަނީ ދަށަށެވެ.
ކޮވިޑަށް ފަހު ޤައުމު މިހިސާބަށް އައިސްފައިވަނީ އެމްޑީޕީ ސަރުކާރުން ހުއްޓުމެއް ނެތި ގެނައި ޕްރޮޖެކްޓްތަކުން ޤައުމަށް ލިބުނު އާރޯ ކަމުގެ ސަބަބުންނެވެ.