ޚަބަރު

ރިޔާސީ ބަޔާނުގައި މަސްތުވާތަކެތީގެ މައްސަލައާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ނުވަނީ ގޭންގް ތައް ރުޅި އަތުވެދާނެ ކަމަށް

ދިޔަވަރު
ރިޔާސީ ބަޔާނުގައި މަސްތުވާތަކެތީގެ މައްސަލައާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި ނުވަނީ ގޭންގް ތައް ރުޅި އަތުވެދާނެ ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގައި ދެއްވި ފުރަތަަމަ ރިޔާސީ ބަޔާނުގައި މަސްތުވާތަކެތީގެ ވާހަކަ ހިމަނާފައި ނުވަނީ ގޭންގް ތައް ރުޅި އަތުވެދާނެތީ ކަމަށް، ރައީސްގެ ބަޔާނުގެ މައުލޫމާތު އެނގޭ ރައީސް އޮފީހުގެ އޮފިސަރެއްގެ ފަރާތަކުން ދިޔަވަރު އަށް މައުލޫތު ލިބިއްޖެއެވެ.

ދިޔަވަރަށް މައުލޫމާތު ދެއްވަމުން، ރިޔާސީ ބަޔާން ތައްޔާރު ކުރި، ޓީމުން މަސްތުވާތަކެތީގެ ވާހަކަ ހިމަނަން ވިސްނުމުން، މުއިއްޒު ވަނީ އެވާހަކަ ބަޔާނުގައި ހިމެނުން ނޫން ކަމަށް ބުނެފައިވާ ކަމަށް އޭނާ ހާމަ ކުރެއްވިއެވެ.

މި ސަރުކާރަކީ ގޭންގް ތަކާއި ގާތް ގުޅުމެއް އޮންނަ، ގޭންގް ތަކަށް މިނިވަންކަން ދީގެން ވެރިކަމަށް އައި ބަޔެކެވެ. ގޭންގް ތަކުގެ ލީޑަރުން ސަރުކާރުގެ އެތައް ތަނެއްގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އެބަ ތިއްބެވެ. މި ގޮތުން ހޯމް މިނިސްޓްރީގެ.ޑެޕިއުޓީއަކަށް ވެސް ގޭންގް ލީޑަރެއް ލާފައިވާ އިރު، މިނިސްޓްރީގައި ގޭންގް ކުށްވެރިންނަށް ހާއްސަ ކޮށް ކަންކަން ކޮށްދޭކަމަށް މައުލޫމާތު ލިބެއެވެ.

މަސްތުވާ ތަކެތީގެ މައްސަލަ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ވާއިރު، މިކަމަށް ރިޔާސީ ބަޔާނުގައި އަލިއަޅުވައި ނުލުން ވެގެން ދިޔައީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމަށެވެ.

މަސްތުވާތެކެތި ރާއްޖެއަށް ވެއްދުމަށް އެހީތެރިވުމަށް، ސަރުކާރުން ވަނީ މިހާރު އިންޑިޔާ އާއި އެކު، ރާއްޖޭގައި ބެހެއްޓި ރާޑާރސިސްޓަމްގެ ބޭނުން ހިފުން ހުއްޓާލައި، ރާއްޖޭގެ ބޯޑަރު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ހުޅުވާލާފައެވެ.