ރޯދަ މަހުގެ ފަހު 10 އަޅުކަން ކުރަނީ ކަމަށް ބުނެ، ބަންދު ކުރަނީ، ރާއްޖެ ބަނގުރޫޓް ވެފައިވާތީ ޚަރަދު ތައް ކުޑަކުރުމަށް: ފިނޭންސް ގެ އޮފިޝަލެއް ދިޔަވަރަށް މައުލޫމާތު ދެއްވާފިއެވެ. އަޅުކަން ކުރުމަށް ރައްޔިތުންނަށް ފުރުޞަތު ދޭން މުއިއްޒު އެއްވެސް ވަރަކަށް ބޭނުން ނަމަ، ރާއްޖޭގައި އޮންނަ އެންމެ ބޮޑު އިންތިހާބު ކަމުގައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބު ރޯދަ މަހު މެދުތެރޭ ނުބާއްވާނެ ކަމަށް އޭނާ ވިދާޅު ވިއެވެ.
އިތުރަށް ތަފްސީލް ދެއްވަމުން، ރާއްޖެ މިވަގުތު ބަނގުރޫޓު ވެފައިވާ ކަމަށާއި، މިކަމުން އަރައި ގަތުމަށް ސަރުކާރުން އެކަށީގެންވާ ވަރުގެ މަސައްކަތެއް ނުކުރާކަމަށް ވިދާޅުވިއެވެ.
އައިއެމްއެފް އާއި އެކު މަޝްވަރާ ކުރަމުން ދަނީ ބެންކްރަޕްޓް ވުމުން ނަގާ އެމީހުންގެ ޕެކޭޗް ނަގައިގެން ސަލާމަތް ވާނެ ކަމަށެވެ. ނަމަވެސް މިއީ، ސިޔާސީ ގޮތުން ކުރަން ނުރައްކާތެރި ކަމެއް ކަމަށް ބަލައި، މިކަމާއި ގުޅިގެން ޗައިނާއިން ލާރި ލިބޭތޯ ދަނީ އާދޭސް ކުރަމުންނެވެ. އަދި ޗައިނާއިން އެދޭ ކޮންމެ ކަމެއްވެސް ކޮށްދޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.