މަސްވެރިންނަށް ލާރި ދެވޭ ވަރަކަށްވެސް، ފައިސާއެއް ނެތް، އިރު، ވައުދަކަށް ފަހު، ވައުދެއް މުއިއްޒު ދަނީ ވަމުންނެވެ. އައްޑޫ ރައްޔިތުންނަށް އޮޅުވާލުމަށް މަތިމައްޗަށް ދޮގު ހަދަމުންނެވެ. ނަމަވެސް އައްޑޫ އަކީ ރާއްޖޭގެ އޮތް އެންމެ ތައުލީމީ އެއް ރަށެވެ. އައްޑޫ ރައްޔިތުން ބޮލަށް ޗިޕް ޖެހޭނެ ތޯއެވެ؟ ދޮގަށް ހެއްލޭނެތޯއެވެ؟ ހެއްދޭނެތޯއެވެ؟
އައްޑޫ ބްރިޖްގެ ސާރވޭގައި ސޮއެ ކުރުވައި، 6000 އެނދުގެ އައްސޭރި ޓުއަރިޒަމް ޕްރޮޖެކްޓެއް ފަށައި، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ވަރުގަދަ އެއާރ ޕޯރޓަކަށް ހެދުން (ވަރުގަދަ ކުރާ ގޮތެއް ވިދާޅެއް ނުވޭ)، އައްޑޫގައި ސީޕްލޭން ހަބެއް ހެދާނެ ކަމަށް، މަޖިލީސް އިންތިހާބަށް ވައުދުވެ، ވަޑައިގެންނެވި އިރު، ރާއްޖެ މިއޮތީ ބަނގުރޫޓު ވެފައެވެ. ދައުލަތުގައި އެންމެ ލޯ ލާރިއެއް ވެސް ނެތެވެ. މިއަދު ވެސް ވަނީ އެމްސީއެލްގެ ނަން ބޭނުން ކޮށްގެން ސަރުކާރުން 50 މިލިއަން ޑޮލަރުގެ ލޯނެއް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައެވެ. ބަނގުރޫޓު ވަމުން ދާތީ، އައިއެމްއެފް ޕެކޭޖަށް ވަނީ ވަދެފައެވެ.
ކަންކަން ބޮއްސުންލާގެން ދާއިރު ވެސް ވައުދު ވާތީ އައްޑޫ މީހުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކަށް ވީ ރިޔާސީ އިންތިހާބުގައި ވެ ވަޑައިގެންނެވި ޔާމީން މިނިވަން ކުރުމުގެ ވައުދުގެ ވާހަކައެވެ. ނަމަވެސް މިކަމާއި ގުޅިގެންވެސް އައްޑޫ ރައްޔިތުންނަށް ހެއްދެވީ އިތުރަށް ދޮގެވެ. މުއިއްޒު އިންތިހާބު ވުމުގެ ކުރިން، ރައްޔިތުންނާއި މުހާތަބު ކޮށް ވިދާޅުވީ ރާއްޖޭގައި މިނިވަން ޖުޑިޝިއަރީއެއް އޮތް ނަމަ، ޔާމީން މިނިވަން ވާނެ ކަމަށެވެ. މިއަދު އައްޑޫގައި ހާމަ ކުރެއްވީ ރާއްޖޭގެ ޖުޑިޝިއަރީ އަށް އޭނާގެ ނުފޫޒެއް ނެތް ކަމަށެވެ. ނަމަވެސް، ސްޕްރީމް ކޯޓުން މަޖިލީހުގެ ކަންކަމަށް ވަދެ، މަޖިލީހުން ރުހުން ނުދިން ވަޒީރުންނަށް، ހުވާ ލާދީ، ސްޕްރީމް ކޯޓުން މަޖިލީހުގެ ބާރުތަކަށް އަރައިގަނެ މަޖިލީހަށް ވަގުތީ އަމުރު އިއްވާ ހިސާބަށް ކޯޓުތެރެއަށް މުއިއްޒު އަތްބާނާ ވަރު ވެނީ ފެނިފައެވެ.
ކޯޓަށް މުއިއްޒުގެ އަތް ބާނަމުން ދާއިރު، ރައީސް ޔާމީން މިނިވަން ނުވެގެން އުޅޭ ސީދާ ސަބަބަކީ މުއިއްޒު ކޯޓަށް ފޯރުވާ ނުފޫޒެވެ. ޖުޑިޝިއަރީ މިނިވަންވެގެން ޔާމީން މިނިވަން ވާނެ ދުވަހެއް އަންނަޏާ އެއީ މުއިއްޒު އެކަމަށް ދުވަހަކުވެސް ފުރުޞަތު ނުދޭނެ ދުވަހެކެވެ.
އެހެންކަމުން މުއިއްޒު ހަދަމުންދާ ދޮގުތަކުގައި އައްޑޫ މީހުން ނުޖެހޭނެއެވެ. އެމީހުންނަކީ މޮޔަ ބައެއް ކަމަށް މުއިއްޒު ހީފުޅު ކުރެއްވިއަސް، އައްޑޫގައި ތިބީ ތައުލީމީ ޒުވާނުންނެވެ. އައްޑޫގެ ރައްޔިތުންނަށް ދޮގު ހުވަފެން ނުދެއްކޭނެއެވެ. މަޖިލިސް އިންތިހާބަށް ހުސް ބުޅީގައި ނުޖެހޭނެއެވެ.