ސަރުކާރަށް މަޖިލިސް ނުލިބޭނަމަ އިންޑިއާ ސިފައިން ނުބޭލޭނެ ކަމަށް ބުނެ، މުއިއްޒު ރައްޔިތުންނަށް ދޮގު ހަދައިފިއެވެ. ބޭރު ޤައުމެއްގެ ސިފައިން އެތެރެކޮށް، ބޭރު ކުރެވޭނީ ސަރުކާރަށެވެ. އެއީ މަޖިލީހަކާއި ގުޅުމެއް އޮތް ކަމެއް ނޫނެވެ. އަދި މަޖިލީހަކަށް އެކަން ހުއްޓުވުމުގެ ބާރެއް ނުލިބެއެވެ.
ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ 3 ބާރު ވަކިވެފައިވާ ނިޒާމެކެވެ. މި ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރަކަށް، މަޖިލީހުގެ ދިގު އަތެއް ނުފޯރާނެއެވެ.
އައްޑޫ އަކީ ރާއްޖޭގައި އެންމެ ގިނަ ތައުލީމީ ޒުވާނުން ތިބި އެއް ރަށެވެ. ނަމަވެސް، އައްޑޫގައި ރައީސް މުއިއްޒު ދަނީ ބޮޑެތި ދޮގުތައް ހަދައި، ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. މުއިއްޒު ވެރިކަމަށް އައީ ދޮގާއި މަކަރުންނެވެ. އަދި ވެރިކަމުގައި ދެމިހުރުމަށް މަސައްކަތް ކުރަމުން ދަނީ ދޮގު ހަދައިގެންނެވެ.