ޚަބަރު

ކްރެޑިޓަށް ވަކި ރޭޓެއްގައި މަސް ވިއްކަން އެއްބަސްވާ، ރާއްޖެއިން ބޭރުގެ މަސް ބޯޓު ފަހަރު ތަކަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ސަރުކާރުން މަޝްވަރާކޮށްފި

ދިޔަވަރު
ކްރެޑިޓަށް ވަކި ރޭޓެއްގައި މަސް ވިއްކަން އެއްބަސްވާ، ރާއްޖެއިން ބޭރުގެ މަސް ބޯޓު ފަހަރު ތަކަށް ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ސަރުކާރުން މަޝްވަރާކޮށްފި

ކްރެޑިޓަށް މަސް ގަނެ، ހަމަސް ދުވަސް ފަހުން ލާރި ދޭ ގޮތަށް އެއްބަސްވާ، ރާއްޖެއިން ބޭރުގެ މަސް ބޯޓު ފަހަރުތަކަށް، ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިހާރުވެސް، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ބޭރުގެ ބޯޓު ފަހަރު ވަގަށް މަސްވެރިކަން ކުރާ ކަމަށާއި، އެހެން ކަމުން މިކަން ހުޅުވާލައިގެން ކުރުމުގެ މައްސަލައެއް ނެތްކަމަށް މި މަޝްވަރާގައި މުއިއްޒަށް ލަފާ އަރުވާފައިވެއެވެ. އަދި ރާއްޖޭގެ މަސްވެރިން އަތުން ގަންނަ އަގަށްވުރެ ކުޑަ އަގެއްގައި ބޭރުގެ މަސްވެރިންގެ އަތުން އަގުހެޔޮ ކޮށް މަސް ގަނެވޭނެ ކަމަށާއި، އިންޑަސްޓްރީ ހަމަ އެކަށް އެޅުވޭނީ އޭރުން ކަމަށް މި މަޝްވަރާ ދެއްވި ފިޝަރީސް މިނިސްޓްރީގެ ޓީމުން ރައީސް މުއިއްޒަށް ދެންނެވިއެވެ.

މީގެ ކުރިން، ޕީޕީއެމްގެ ވެރިކަމުގައި ވަކި ހާއްސަ ހުއްދަ އެއް ސިއްރުން ބައެއް ބޯޓު ފަހަރު ތަކަށް ދީގެން، މަސްވެރިކަން ވަގަށް ކޮށްފައިވާ ކަމަށާއި، އެތައް ފަހަރަކު ރިޕޯޓް ކުރުމުން ވެސް ފުލުހުން މިފަދަ ބައެއް ބޯޓުފަހަރު ނުހިފަހައްޓާކަމަށް މަސްވެރިއަކު މައުލޫމާތު ދިނެވެ. ނަމަވެސް އޭރު މަސް ބާނައިގެން އެމީހުން ދަނީ ކަމަށާއި، ރާއްޖެއަށް މީގެ ކުރިން ބޭރު އުޅަނދުފަހަރު މަސް ކިރާފައި ނުވާކަމަށް މަސްވެރިޔާ ކިޔައި ދިނެވެ.

މި ގޮތަށް ސަރުކާރުން ކަންކަން ކޮށްފި ނަމަ، ރާއްޖޭގެ މަސްވެރިކަން އިތުރަށް ދަށްވެ، އަދި ރާއްޖޭގެ މަސްވެރިން އަތުން ސަރުކާރުން މަސް ގަންނަ ވަރު މަދު ކޮށް، އަގު ހެޔޮކޮށް މަސް ވިއްކާ ބޭރުގެ ފަރާތްތަކަށް އިސްކަން ދީ، ބޮޑެތި ގެއްލުން މަސްވެރިންނަށް ކުރާނެ ކަމަށް މަސްވެރިއަކު މައުލޫމާތު ދެއެވެ.

މި ގޮތަށް މިކަން ކުރަން މުއިއްޒު ވިސްނަމުން ދަނީ، މަސްވެރިން ފައިސާ ނުލިބިގެން ފައިސާ ދިނުމަށް މުޒާހަރާ ކުރަން ފެށުމުން، ރުޅި އައިސްގެން ކަމަށާއި، މުއިއްޒަކީ ބަދަލު ހިފުމާއި، އެހެން މީހުންނަށް ގޮންޖަހައި ނުލަފާކަން ދެއްކުމަށް ކަންކަން ކުރާ މީހެކެވެ.