ޚަބަރު

ޝަރުމާއާއި، ޓުއަރިޒަމް މިނިސްޓަރގެ ހާއްސަ ގުޅުން، ސަވާދީއްތައިން ހާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީ؟

ދިޔަވަރު
ޝަރުމާއާއި، ޓުއަރިޒަމް މިނިސްޓަރގެ ހާއްސަ ގުޅުން، ސަވާދީއްތައިން ހާސިލް ކުރެވުނު އެންމެ ބޮޑު ކާމިޔާބީ؟

ކުރީ ސަރުކާރުގައި ޓުއަރިޒަމް މިނިސްޓްރީގައި ހިނގާދިޔަ "ކުޅިވަރު" ތެރޭގައި ހުރި ޝަރުމާ، އަނެއްކާވެސް އެފަދަ "ކުޅިވަރެއް" މިހާރުގެ މިނިސްޓަރ އަބްދުއްރަހީމް ގެ ދަރިފުޅާއި އެކު ސަވާދީއްތާގެ ތެރޭ ފަށައިފިއެވެ. މިހާރު ޝަރުމާ ހުރީ އެމްއައިޓީޑީސީގައެވެ. އެ ގުޅުމުގެ މެދުވެރިއަކަށް ވެފައިވަނީ އެމްއައިޓީޑީސީގެ އެމްޑީ ޝިއުނާއެވެ.

ޝިއުނާ ޕިމްޕެއްގެ ދައުރު އަދާކޮށް މިހާރު ފެށިފައިވާ މި ގުޅުން ވަރަށް ފޯރި ގަދަކޮށް ލ. އަތޮޅުގައި މިހާރު ކުރިއަށް ދާކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ. ޝިއުނާއަށް މި ގުޅުމުގެ ސަބަބުން ޓުރައިޒަމް މިނިސްޓްރީއިން ބޭރަށް ދާ ދަތުރުތަކުގައި އެމްއައިޓީޑީސީ އިން ދައުވަތު ލިބި، ގްރޫޕް އެކީ ރާއްޖެއިން ބޭރަށް ދަތުރުތައް ކޮށް، ޝޮޕިންގ ކޮށް އުޅެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއައިޓީޑީސީގެ އެމްޑީ ޝިއުނާ އަށް މަގާމު ލިބިފައިވަނީ އޭނާ ރައްޓެހިވެގެން އުޅޭ މީހެއްގެ ފަރާތުން ކަމަށާއި، މިހާރު ރަށްޓެހި ވި ކުއްޖާގެ ފަރާތުން މަގާމު ލިބުނު ފަހުން، ޝިއުނާގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ޝިއުނާގެ ލޯބިވެރިއާގެ މައުލޫމާތު ދިޔަވަރަށް ލިބިފައި ވީނަމަވެސް، މި މައުލޫމާތު ނުގެނައުމަށް ދިޔަވަރުގެ ޓީމުން ވަނީ ނިންމާފައެވެ.

އެމްއައިޓީޑީސީ އެމްޑީ ޝިއުނާ ޚާލިދަކީ ރައީސް ސޯލިހްގެ ކެމްޕެއިންގައި 2 ވަނަ ބުރުގައި ވެސް އުޅެފައިވާ ފަރާތެކެވެ. އަދި ރައީސް ސޯލިހް ޕްރޮމޯޓްކޮށް ޝިއުނާ ޚާލިދު ކޮށްފައިވާ ޓްވީޓްތައް މަޤާމް ލިބޭކަން ޔަގީން ވުމުން ވަނީ ފުހެލާފައެވެ. ޝިއުނާ ވަނީ މުއިއްޒަށް ފާޑު ކިޔައި، އިބޫއަށް ތާޢީދުކޮށް ސޯޝަލް މީޑިޔާގައި ކެމްޕެއިން ކޮށްފައެވެ.

ސަވާދީއްތަ ދަތުރުގައި މިވަގުތު ތިބީ ލ އަތޮޅުގައެވެ. ލ އަތޮޅާއި ހަމަ އަށް ދިޔައިރު އިންތިޒާމުތައް ގޯސްވެގެން ސަވާދީއްތަގައި ބައިވެރިވި 7 ޔޮޓެއް ވަނީ ސަވާދީއްތަ ދޫކޮށް ގޮސްފައެވެ. ލ. އަތޮޅަށް ސަވާދިއްތަ ދަތުރު ޝެޑިއުލް ކޮށްފައި ނެތެވެ. ނަމަވެސް އަބްދުއްރަހީމުގެ ކެމްޕެއިން ވަނީ ސަވާދީއްތައަށް ވައްދައި ލ. ފޮނަދޫގައި ހަރަކާތްތައް ބާއްވާފައެވެ. ސަވާދީއްތަ ދަތުރުން އެންމެ ފަހުން ހާސިލް ކުރެވުނު ކާމިޔާބީ އަކީ ޝަރުމާއާއި، އަދުރޭގެ ދަރިފުޅާއި އެކު އުފެދުނު "ގުޅުމެވެ".