ޚަބަރު

މަސްވެރިންގެ އިހުތިޖާޖު ވަރުގަދަ ކުރަމުން ދިއުމާ ގުޅިގެން, މުއިއްޒު ގއ. ވިލިގިއްޔަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފި, މަސްވެރިންނާ ކުރިމަތި ލައްވަން މުއިއްޒުއަށް ކެރިވަޑައެއް ނުގެންނެވި!

ދިޔަވަރު
މަސްވެރިންގެ އިހުތިޖާޖު ވަރުގަދަ ކުރަމުން ދިއުމާ ގުޅިގެން, މުއިއްޒު ގއ. ވިލިގިއްޔަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފި, މަސްވެރިންނާ ކުރިމަތި ލައްވަން މުއިއްޒުއަށް ކެރިވަޑައެއް ނުގެންނެވި!

މި ސަރުކާރުން ރާއްޖޭގެ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން, ގއ. ކޫއްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ވަރުގަދަ ކުރުމާއެކު, ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރައްވައިފިއެވެ.

ރައީސް މުއިއްޒުއާއެކު ރާއްޖޭގެ ދެކުނަށް މިހާރު ދަތުރު ކުރައްވަމުން ގެންދަވާ ބޭފުޅަކު ނަން ހާމަނުކުރުމަށް އެދި "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ގޮތުގައި, މުއިއްޒުގެ މި ދަތުރުފުޅުގައި ގއ. ވިލިގިއްޔަށް ވަޑައިގަތުމަށް އޮތީ ތާވަލު ކުރެވިފައެވެ.

އަދި ކޫއްޑޫގައި މަސްވެރިން ކުރަންފެށި މުޒާހިރާ, ފިޝަރީޒް މިނިސްޓަރ ފޮނުއްވައިގެން ހުއްޓުވޭތޯ މުއިއްޒު މަސައްކަތް ކުރެއްވީ ވިލިގިލީ ދަތުރު ކެންސަލް ނުކޮށްވާނެ ގޮތެއް އޮތްތޯ ބެއްލެވުމުގެ ގޮތުންކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައިވެއެވެ.

މުޒާހިރާ ކުރަމުންދާ ފަރާތްތަކުގެ އިހުސާސް ހުރި ގޮތުން, އެމީހުންނާ ކުރިމަތިލައްވަން ރައީސް ބޭނުންފުޅު ނުވަނީ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައިވެއެވެ.

މަސްވެރިން ކޫއްޑޫގައި އިހުތިޖާޖް ކުރަމުންދަނިކޮށް, ގއ. ވިލިގިއްޔަށް މުއިއްޒު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކެންސަލް ކުރެއްވުމުން, މުއިއްޒުގެ މި ނިންމެވުން މަސްވެރިން ސިފަކުރަމުންދަނީ ފިނޑި އަމަލެއްގެ ގޮތުގައެވެ.

އަދި މިއީ, މަސްވެރިންގ ފައިސާ ހިފެހެއްޓުމަށްފަހު, ދައުލަތުން ސިޔާސީ ބޭނުމަށް ބޭކާރު ބޮޑެތި ޚަރަދު ކުރަމުންދާނީ, މަސްވެރިންނަށް ދޭނެ ޖަވާބެއް ނެތުމުން މުއިއްޒު ނިންމެވި ނިންމެވުމެއްކަމަށްވެސް މަސްވެރިން ބުނެފައި ވެއެވެ.

މަސްވެރިންނަށް ފައިސާ ނުދީގެން ކޫއްޑޫގައި ކުރިޔަށްދާ މުޒާހިރާ އަދިވެސް މަސްވެރިންދަނީ ކުރިޔަށް ގެންދަމުންނެވެ. މުޒާހިރާ ކުރަމުންދާ މަސްވެރިން މިހާރު ނިންމާފައިވަނީ, ފައިސާ ދޫކުރުމަށް ސަރުކާރުން އަދިވެސް ދެކޮޅު ހަދަމުންދާނަމަ, މާދަމާއިން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލަކަށް ދިއުމަށެވެ.

މި ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 300 މިލިއަން ރުފިޔާ ދިނުން އަންނަ މާރޗް މަހުގެ 5 ވަނަ ދުވަހާހަމައަށް ލަސްކޮށްދިނުމަށް, ފިޝަރީޒް މިނިސްޓަރ ޝިޔާމް އިއްޔެ ކޫއްޑޫއަށް ޒިޔާރަތްކޮށް އާދޭސް ދެންނެވުމުންވެސް މަސްވެރިން އޭނާގެ އަޑު ނަހާ, ރައީސް މުއިއްޒުއަކީ ވަގެއް ކަމަށާއި, ހުސް ގޮނޑި ކޮބައިތޯ ސުވާލުކޮށް, މި ސަރުކާރަށް ވަނީ ޖަވާބު ދީފައެވެ.

މަސްވެރިން ކިރި މަހަށް ފައިސާ ނުދޭ މައްސަލައިގައި ގއ. ކޫއްޑުގައި މަސްވެރިން މުޒާހަރާ ކުރަން ފެށުމާއެކު, ރައީސް މުއިއްޒު މިހާރު ރާއްޖޭގެ ދެކުނަށް ކުރަމުންދާ ދަތުރުގެ އޮފް ކެނޑި, ނުރަގަޅު ބަޕްލިސީޓީއެއް ލިބެން ފެށުމާއެކު, މަސްވެރިންނަށް އަނެއްކާވެސް ދޮގު ވައުދުތަކެއްވެ, މަސްވެރިން ގުބޯ ހެއްދުމަށް, މުއިއްޒުގެ އަމުރުފުޅަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އިއްޔެ ކޫޑޫއަށް ވަޑައިގެންނެވިއެވެ.

އިއްޔެ ކޫއްޑުއަށް ވަޑައިގެން ޝިޔާމް މަސްވެރިންގެ ކިބައިން އެދުނީ, އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހާއި ހަަމައަށް މަސްވެރިންގެ އިހުތިޖާޖު މަޑުޖައްސާލަ ދިނުމަށެވެ.

އެހެންނަމަވެސް އޭގެ ޖަވާބުގައި މަސްވެރިން ބުނެފައިވަނީ ސަރުކާރުން ދިން އެތައް ތާރީޚެއް މިޙާރު ފަހަނައަޅައިގެން ހިގައްޖެ ކަމަށާއި, 5 މާރޗްއާއި ހަމައަށް މަޑު ނުކުރާނެ ކަމަށެވެ. އަދި ރައީސް. މުއިއްޒުއަކީ ވަގެއް ކަމަށާއި, ވެރިކަމަށް ވަަޑައިގެންނެވީ ރައީސް ޔާމިނުގެ ނަން ޖެހި ހުސް ގޮނޑި ދައްކައިގެން ކަމަށްވެސް މަސްވެރިން ބުނެފައި ވެއެވެ. އަދި ”ހުސް ގޮނޑި“ ކޮބައިތޯ ސުވާލުކޮށް, މަސްވެރިން ވަނީ މަސްވެރިންނާއި ބައްދަލުކޮށް ޝިޔާމް ދައްކަވަމުން ގެންދެވި ވާހަކަތައް ހުއްޓުވާފައެވެ.

އިއްޔެ މަސްވެރިން ކުރަންފެށި މުޒާހިރާ ހޫނުވާން ފެށުމާއެކު, ޝިޔާމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ, މިހާރު މަސްވެރިންނަށް ދޭންޖެހިފައިވާ 280 މިލިއަން ރުފިޔާ އަންނަ މާރޗްމަހުގެ 5 ވަނަ ދުވަހުގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމަށެވެ.

އެހެންނަމަވެސް, ދައުލަތް ބަނގުރޫޓުވެ, ބޭންކު އޮފް މޯލްޑިވްސް އިނދަޖެހި, މިސަރުކާރުން އައިއެމްއެފްގެ “ބޭންކްރަޕްސީ ޕެކޭޖް”އަށް ވަންނަން ނިންމާފައިވާއިރު, މިފައިސާ މި ސަރުކާރަށް މަސްވެރިންނަށް ދެވިދާނެކަމަށް މަސްވެރިން ގަބޫލެއް ނުކުރެއެވެ. އަދި ފައިސާ ދޭނެކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކަތަކަށް އިތުބާރު ނުކުރާނެކަމަށްވެސް މުޒާހިރާކުރަމުންދާ މަސްވެރިން ވަނީ ބުނެފައެވެ.

ކޫއްޑޫގައި މިޒާހިރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މުޒާހިރާ ހުއްޓާލާނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ ޚަލާސްކޮށް ނިންމުމުން ކަމުގައެވެ.

މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ދެކޮޅު ހަދަމުން ދިޔަނަމަވެސް, ސަރުކާރުން ދަނީ ބޮޑެތި މުސާރަ ލިބޭ ވަޒީފާތަކަށް މުވައްޒަފުން އިތުރު ކުރަމުންނެވެ. އަދި ރާއްޖެއިން ބޭރަށް ކުރަމުންދާ ދަތުރުތައްވެސް ސަރުކާރުން މަދު ކޮށްފައެއް ނުވެއެވެ.

އެގޮތުން ފާއިތުވި ހަފްތާގައި 48 މީހުންގެ ބޮޑު ވަފްދަކާއެކު މުއިއްޒު ޔޫއޭއީއަށް ވަޑައިގެންފައިވާއިރު, އޭގެ ކުރީ ހަފްތާގައިވަނީ, މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށްފަހު, އަހަރަކަށް 60 މިލިއަން ރުފިޔާ ބަޖެޓް ކޮށް, އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށް, ތުރުކީގައި އާ އެމްބަސީއެއްވެސް ހުޅުވާފައެވެ.

އަދި އިއްޔެ މުއިއްޒު ވަނީ ކޯޓު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި, ކުރީގެ ގާޒީއެއް ކަމުގައިވާ, ރާޣިބަށް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބުކަން ދީފައެވެ.