ޚަބަރު

މުއިއްޒަކީ "ޖައްބާރު، ނުބައި" ވެރިއެއް ކަމަށް ބުނެ ޓްވީޓް ކޮށްގެން ޝިޔާމަށް އިންޑިއާ އެމްބަސީގެ މަތީ މަގާމެއް ދިން އިރު، ކެމްޕެއިންގައި އުޅުނު އެތައް ބައެއް ވަނީ ބާކީ ކޮށްފައި!

ދިޔަވަރު
މުއިއްޒަކީ "ޖައްބާރު، ނުބައި" ވެރިއެއް ކަމަށް ބުނެ ޓްވީޓް ކޮށްގެން ޝިޔާމަށް އިންޑިއާ އެމްބަސީގެ މަތީ މަގާމެއް ދިން އިރު، ކެމްޕެއިންގައި އުޅުނު އެތައް ބައެއް ވަނީ ބާކީ ކޮށްފައި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ "ޖައްބާރު، ނުބައި" ވެރިއެއް ކަމަށް ބުނި ކުރީގެ އެކްޓަރު އަލީ ޝިޔާމަށް އިންޑިއާ އެމްބަސީގެ އިސް ވަޒީފާއެއް މި ސަރުކާރުން ދީފި އެވެ.

އަލީ ޝިޔާމަށް ދިނީ އިންޑިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމެވެ. ޑިޕްލޮމޭޓުން ވަޒީފާއަށް ފޮނުވުމުގެ ކުރިން ފޮރިން މިނިސްޓްރީން ކުރިއަށްގެންދާ އޮރިއެންޓޭޝަން ސެޝަންތަކުގައި އޭނާ މިހާރު ދަނީ ބައިވެރިވަމުންނެވެ.

ފެބްރުއަރީ 2، ގައި ޝިޔާމް ސޯޝަލް މީޑިއާގައި ބުނެފައި އޮތީ "މުއިއްޒަކީ އަހަރެންގެ ހަޔާތުގައި ދުށް އެންމެ ޖައްބާރު، ނުބައި މީހާ" ކަމަށެވެ. އަދި އޭގެ ކުރިން، ރައީސް މުއިއްޒަކީ "ވަރަށް ނުބައި އިންސާނެއް" ކަމަށް ވެސް ޝިޔާމް ބުނެފައިވެ އެވެ. ރައީސްގެ ކާމިޔާބަކީ ޑެޕިއުޓީ މިނިސްޓަރުން ގިނަވެ، ގައުމުގެ މިނިސްޓަރުންގެ އާބާދީ ބޮޑުވުމަކީ މުއިއްޒުގެ ކާމިޔާބީ" ކަމަށް ވެސް ޝިޔާމް ބުނެފައި އޮތެވެ.

މީގެ އިތުރުން އެމްޑީޕީގެ އެކިއެކި ވަޓްސްއެޕް ގްރޫޕް ތަކުގައި މުއިއްޒާއި، މި ސަރުކާރާއި މެދު އާންމުކޮށް މީހުން ވާހަކަ ދައްކާ ނޫޅޭހާ ނުބައިކޮށް އެއްޗެހި ކިޔައި، މުއިއްޒާއި ސާޖިދާއަށްވެސް މަލާމާތް ކޮށްފައި މީނާވެއެވެ.

އިންޑިއާ އެމްބަސީން ޝިޔާމަށް ވަޒީފާއެއް ދިންއިރު، އޭނާއަކީ އިންޑިއާގައި ހުންނަ މޯލްޑިވްސް ކޮންސިއުލޭޓް ޖެނެރަލް އޮފީހުގައި ވެސް މަސައްކަތް ކުރި މީހެކެވެ. އެމްޑީޕީއިން އޭނާ އަށް ވަޒީފާ ދީފައި ވަނީ އޭރު، ރީކޯ މޫސާމަނިކުގެ ނުފޫޒުންނެވެ.

އެކްޓަރު ޝިޔާމަށް އިންޑިއާ އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމު ހަމަޖެއްސިއިރު، ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ފިލްމީ ތަރީ އަލީ ސީޒަން ވަނީ ހަމަޖައްސައިފަ އެވެ. ސީޒަންއަށް އެ ވަޒީފާ ދިނުމުން އާންމުންގެ ފަރާތުން ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި އެވެ.

މީނާއަށް މި ވަޒީފާ ދިނުމާއި އެކު ޕީއެންސީ މެމްބަރުންގެ މެދުގައި، މުއިއްޒާއި މެދު ވަނީ އިތުރަށް ހިތްހަމަ ނުޖެހުން އުފެދިފައެވެ. ރާއްޖެ ބަނޑަށް ޖެހިފައިވާއިރު އެއްވެސް ބޭނުމެއް ނެތް މީހުންނަށް މުއިއްޒު ދަނީ ބޮޑެތި މަގާމުތައް ދެމުންނެވެ.