ޚަބަރު

ސްޓޭޓް މިނިސްޓަރެއް އަނެއްކާވެސް މަގާމުން ވަކިކޮށްފި

ދިޔަވަރު
ސްޓޭޓް މިނިސްޓަރެއް އަނެއްކާވެސް މަގާމުން ވަކިކޮށްފި

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އިސްމާއީލް މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރީ ރޭގެ ވަގުތެއްގައެވެ. 

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ހުސެއިން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަދުވަހުއެވެ. 

ހުސައިން އިސްމާއީލް މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެއެވެ. އެކަމާއި ގުޅޭގޮތުން  ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އަދިވެސް ދެ ބޭފުޅުން ތިއްބަވައެވެ. އަދި މިނިސްޓްރީގެ 3 ޑެޕިއުޓީ މިނިސްޓަރުންވެސް ތިއްބަވައެވެ.