ޚަބަރު

ދޮގުހަދަމުން ގޮސް، ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ފައިސާގެ އަދަދު ރައީސް އާއި އިކޮނޮމިކް މިނިސްޓަރުގެ ވިދާޅުވީ ދެގޮތަކަށް، 2 ބިލިއަންގެ ފަރަގަކާއި އެކު!

ދިޔަވަރު
ދޮގުހަދަމުން ގޮސް، ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ފައިސާގެ އަދަދު ރައީސް އާއި އިކޮނޮމިކް މިނިސްޓަރުގެ ވިދާޅުވީ ދެގޮތަކަށް، 2 ބިލިއަންގެ ފަރަގަކާއި އެކު!

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދައްކަން ޖެހިފައި އޮތް ބިލުތަކުގެ ޖުމުލަ އަދަދާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި މައުލޫމާތާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހާމަކުރެއްވި މައުލޫމާތުގައި ދެ ބިލިއަން ރުފިޔާގެ ފުށުއެރުމެއް ހުރިކަން ހާމަވެއްޖެ އެވެ. 

މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އާއި ސަރުކާރުގެ މަސައްކަތްތައް ކުރި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.

"އަޅުގަނޑުމެންނާ ހަވާލުވިއިރު ނުވަ ބިލިއަން ރުފިޔާ, ނުވަ ހާސް މިލިއަން, ނުވަ ބިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު އެބައޮތް ކުރީ ސަރުކާރުން ރައްޔިތުންނަށް ނުދީ," ރައީސް މިއަދު ހާމަކުރެއްވި އެވެ.

ރައީސް ޑރ. މުއިއްޒު ސަރުކާރާއި ހަވާލުވިއިރު ގާތްގަޑަކަށް ހަތް ބިލިއަން ރުފިޔާގެ ނުދައްކާ ހުރި ބިލުތައް ހުރި. ރާއްޖޭގެ ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައިވަނީ ވަރަށް ބޮޑަށް،" ސައީދު ޖެނުއަރީ 24 ވީ ދުވަހު ވިދާޅުވެފައިވެ އެވެ.