ޚަބަރު

ކެމްޕޭންގަ ވައުދުވީ ކާޑެއްދޫ އެއަރޕޯޓު އިންޓަރނޭޝަނަލްކޮށް, ތިނަދޫ ބަރިޖަކުން ގުޅުވާލުމަށް! ފައިސާގެ ދަހިވެތިކަމުގަ އެވައުދު ހަންދާން ނައްތާލާ, ހުވަދޫ އަތޮޅުން 12 ރަށް ތައިލެންޑުގެ ކުންފުންޏަށް 99 އަހަރަށް ވިއްކާލުމަށް މުއިއްޒުވަނީ އެއްބަސްވެފަ!

ދިޔަވަރު
ކެމްޕޭންގަ ވައުދުވީ ކާޑެއްދޫ އެއަރޕޯޓު އިންޓަރނޭޝަނަލްކޮށް, ތިނަދޫ ބަރިޖަކުން ގުޅުވާލުމަށް! ފައިސާގެ ދަހިވެތިކަމުގަ އެވައުދު ހަންދާން ނައްތާލާ, ހުވަދޫ އަތޮޅުން 12 ރަށް ތައިލެންޑުގެ ކުންފުންޏަށް 99 އަހަރަށް ވިއްކާލުމަށް މުއިއްޒުވަނީ އެއްބަސްވެފަ!

ފާއިތުވީ ރިޔާސީ އިންތިޚާބުގައި, ތިނަދޫ ރައްޔިތުންނަށް މުއިއްޒު ވީ ވައުދުތަކުގެ މަތިން ހަނދާން ނައްތާލާ, ފައިސާގެ ދަހިވެތިކަމުގައި, ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަށް ހުވަދޫ އަތޮޅުން 12 ރަށް 99 އަހަރަށް ވިއްކާލުމަށްފަހު, ތިނަދޫ ފަޅުގައި އެއަރޕޯޓެއް އެޅުމަށް މުއިއްޒު ނިންމަވައިފިއެވެ.

ގދ. ތިނަދޫއަށް މިހާރު ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ގދ. ތިނަދޫ ފަޅުގައި ބައިނަލްއަގްވާމީ ވައިގެ ބަނދަރެއް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން މިރޭ ސޮއިކޮށްފައިވަނީ, ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއާއެއެވެ.

މި އެއްބަސްވުމުގައި ސޮއު ކުރުމަށްފަހު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބުދުالله މުއްތަލިބު ވިދާޅުވީ މި އެއަރޕޯޓު ތަރައްގީ ކުރަނީ ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރުމަކާ ނުލާ ކަމުގައެވެ. އަދި އޭނާ ވިދާޅުވި އޭގެ ބަދަލެއްގެ ގޮތުން އެއަރޕޯޓު ތަރައްގީކުރާ ކުންފުންޏަށް ރިސޯޓު ތަރައްގީ ކުރުމަށް 12 ރަށް ދިނުމަށް ސަރުކާރުން އެއްވަސްވެފައިވާ ކަމުގައެވެ.

އެހެންނަމަވެސް ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ސަރުކާރުން ހަވާލުކުރިއިރު ،މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު މި ރަށު ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގަތީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

އަދި ކެމްޕެއިނު ތެރޭގައި ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ތިނަދޫއާ ގާތްގަނޑަކަށް ހަތް ވަރަކަށް މިނެޓު ދުރުގައި އޮތް ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ބަދަލުކޮށް، އެ ތަނާއި ތިނަދޫ ކޯޒްވޭ ބްރިޖަކުން ގުޅުވައިލުމަށެވެ.

އަދި ގދ. ތިނަދޫ އާއި ކާޑެއްދޫ އާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ސާވޭ އާއި އެސެސްމަންޓާއި ފީސިބިލިޓީ ސްޓްޑީގެ ކޮންސަލްޓަންސީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ފާއިތުވި ޖެނުއަރީމަހުގެ 24 ވަނަ ދުވަހު އިއުލާންވެސް ކޮށްފައިވެއެވެ.

އެހެންނަމަވެސް ތިނަދޫ ފަޅުގައި އެއަރޕޯޓު އެޅުމުގެ އެއްބަސްވުމުގައި ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއާއެކު ސޮއި ކުރުމަށްފަހު މުއްތަލިބު ވިދާޅުވީ, ތިނަދޫ ފަޅުގައި އެއަރޕޯޓު އެޅުމަށްފަހު އެކުންފުނިން ހުވަދޫ އަތޮޅުގައި 12 ރިސޯޓު ތަރައްގީ ކުރާނެ ކަމުގައެވެ.

މިއާ އެކު މިތަނަށް ވަރަށް ގިނަ އެނދުތަކާއި ރިސޯޓުތައް އެބަ އާދޭ. މި ކޮންޓްރެކްޓާ އެކަނި ވެސް 12 ރިސޯޓެއް ތަަރައްގީ ކުރަން ހުށަހަޅާފައިވޭ. މިއީ 2،400 އަށް ވުރެ ގިނަ އެނދު. އެހެން ކަމުން މިއީ ހުވަދު އަތޮޅަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު.

މުއްތޮލިބު ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫ ފަޅުގައި އެއަރޕޯޓު ތަރައްގީ ކުރުމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑަށް ހުވަދޫ އަޮތޮޅު 12 ރަށް 99 އަހަރަށް ދިނުމަށް އެއްބަސް ވެފައެވެ.

ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓެއް 60 މިލިއަން ޑޮލަރަށް ފޭސް ވެލިއުއިން ބެލި ކަމުގައިވި އަގުކުރެވޭއިރު, މިރަށްތަކުގެ އެސެޓް ވެލިއު 720 މިލިއަން ޑޮލަރަށް އަރައެވެ.

އަދި މިރަށްތައް 99 އަހަރަށް ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑްއިން ދިނުމުން, މި ކުންފުނިން އެކަނި ހުވަދޫ އަތޮޅުގެ ފަތުރުވެރިކަމަށް އަތްގަދަކޮށް, މި ސިނާއަތަށް ދިވެހިންނަށް ވަނުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރުމަތިވާނެކަމަށް ސިނާއަތުގެ މާހިރުން ދަނީ ވިދާޅުވަމުންނެވެ.

އަދި އެއަރޕޯޓެއްގެ ބޭނުމުގައި ރާއްޖޭގެ އެންމެ ރީތި ރަށްތައް ހިމެނޭ އަތޮޅުން 12 ރަށް ބޭރުގެ ކުންފުންޏަކަށް 99 އަހަަރަށް ވިއްކާލުމަކީ ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައި މުއިއްޒު ގައުމަށްވާ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ގިނަބަޔަކު ދަނީ ސިފަކުރަމުންނެވެ.